އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތަކެއް ވިލާތުގެ ތިން ބާރާއެކު ޖެނީވާގައި ބާއްވައިފި

އީރާނާއި ވިލާތުގެ ތިން ބާރު ކަމުގައިވާ އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތާ އެކު މުހިއްމު މަޝްވަރާތަކެއް ސްވިޓްޒަލެންޑުގެ ޖެނީވާގައި ބާއްވައިފިއެވެ.

މި މަޝްވަރާތަކުގެ މަޤްޞަދަކީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅިގެން ހުޅަނގާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ޙައްލުކުރުމަށް މަސައްކަތްކުރުމެވެ. އަމާޒަކީ އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ފެށުމުގެ ކުރިން އީރާނާ ގުޅޭ މައްސަލަތަކަށް ޙައްލުތަކެއް ހޯދުމެވެ.

މި ބައްދަލުވުމަކީ އެމެރިކާގެ އިންތިޚާބަށްފަހު، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ. އީ3ގެ ނަމުން މަޝްހޫރު މި ބައްދަލުވުމުގައި އީރާން ތަމްސީލުކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ ނައިބު އަދި ނިއުކްލިޔަރ ނެގޯޝިއޭޓަރު މާޖިދް ތަޚްތުރުވާންޖީއެވެ.

މި ބައްދަލުވުން ބޭއްވުނީ އީ3ގެ ޤައުމުތަކާއި އީރާނާ ދެމެދު މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ މަޞްދަރުތަކުން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމަށާއި ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު