11 ފެބުރުވަރީ 2026
ގަލޮޅު ސަހަރާ، ފޮޓޯ: މިހާރު

މާލޭ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީ ހުޅުމާލެއަށް ބަދަލުކުރަން ސިޓީ ކައުންސިލުން ނިންމައިފި

މާލޭ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީ ހުޅުމާލެއަށް ބަދަލުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވަމުން، މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މޯޗަރީ ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައި ވަނީ، މިހާރު މޯޗަރީ ހުރި ސަރަހައްދަކީ ކާރުބާރު ބޮޑު ސަރަހައްދަކަށް ވާތީ ކަމަށެވެ. މޯޗަރީ ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ހުންނަ ސަހަރާއަށްކަމުގައި އާޒިމް ވިދާޅުވިއެވެ.

މޯޗަރީ ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާއިރު، ސިޓީ ކައުންސިލުން ވަނީ ސަހަރާގެ ބައެއް ހުސްކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. ގަލޮޅު ސަހަރާގައި ކުރަމުން ގެންދާ މަސައްކަތްތަކަކާއި ގުޅިގެން، އެ ސަހަރާގެ ހުޅަނގު އުތުރު ފަރާތު ސަރަޙައްދާއި އިރު ދެކުނު ފަރާތު ސަރަޙައްދުގައި ހުރި ޤަބުރު ކަށިތައް ނެގުމަށް ހަމަޖެހިފައިވާތީ، އެ ސަރަޙައްދުތަކުގައި ހުރި މަހާނަ ގާތައް ނަގަން ޖަހާފައިވާ ފަރާތްތަކުން އެ ގާތައް ނަގައިގެން ގެންދަން ބޭނުންވާނަމަ މިމަހުގެ 15ގެ ކުރިން ގެންދިއުމަށް އަންގާ ސިޓީ ކައުންސިލުން ވަނީ އިއުލާނެއް ވެސް ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު