18 ޖަނަވަރީ 2025

މާ ވަރުގަދައަށް އެނބުރި އާދެވޭނެ: ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ޓީމު އަލް-ނަސްރު، ކަރީމް ބެންޒެމާގެ އަލް-އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވުމާ ގުޅިގެން، ޓީމުގެ ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ހިތްވަރުދޭ މެސެޖެއް ފޮނުވައިފިއެވެ.

މި މެޗުގައި އަލް-އިއްތިހާދުގެ ފަރާތުން ފުރަތަމަ ގޯލު ޖެހީ ކަރީމް ބެންޒެމާއެވެ. އެއަށްފަހު ރޮނާލްޑޯ އަލް-ނަސްރުގެ ފަރާތުން އެއްވަރުކުރި ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ސްޓީވަން ބަރގްވިޖްން ޖެހި ގޯލުން އަލް-އިއްތިހާދަށް މެޗު ކާމިޔާބުކުރެވުނެވެ.

މި މެޗުން ބަލިވުމާ ގުޅިގެން ރޮނާލްޑޯ އިންސްޓަގްރާމްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވެފައިވަނީ "މާ ވަރުގަދައަށް އެނނބުރި އާދެވޭނެ" ކަމަށެވެ.

މިހާރު އަލް-ނަސްރު ވަނީ ސަޢޫދީ ޕްރޯ ލީގުގެ އެއްވަނައިގައި އޮތް އަލް-އިއްތިހާދާ 11 ޕޮއިންޓުގެ ތަފާތަކުން ފަހަތުގައެވެ. މިއީ ލީގުގެ 13 މެޗު ކުޅުމަށްފަހު އޮތް ހާލަތެވެ. މިވަގުތު އަލް-ނަސްރު އޮތީ ހަތަރުވަނައިގައެވެ. އަދި ލީގު ކާމިޔާބުކުރުމުގެ އުއްމީދު ކުޑަވެފައިވާކަން ފާހަގަކުރެވެއެވެ.

އަލް-ނަސްރުގެ ދެން އޮތް މެޗަކީ މިޑް ސީޒަން ބްރޭކަށްފަހު 9 ޖަނަވަރީ 2025 ގައި އަލް-އުޚްދޫދާ ދެކޮޅަށް ކުޅޭ މެޗެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު