18 ޖަނަވަރީ 2025

މަނަދޫ އަޒީގެ ޅެންހާރު: ވޭނީޝިކާޔަތު

*ރާގު!މާނާމެރޭހަސީންސަނަމް،،

(އޭނާމިރޭދިމާވުމުން(ދިވެހި)


ޖާނާހިތާ ފުރާނަޔާ ވާންވީ މި ބޭޤަރާރުހޭ؟
ވޭނާހިތާމަޔާމިއީ މިއަޅާގެ އަދު ނަސީބުހޭ؟
(ޖާނާހިތާ ފުރާނަޔާ)

ބޭކާރުވާންހެދެންމިވީ ޔާރެއްނުވާމި ބިންމަތީ 2
(ޔާރެއްނުވާމި ބިންމަތީ)
ނޭވާހިނގާހިނދަކު އޮތީ ނުނިމޭނެ އިންތިޒާރުހޭ؟
ވޭނާހިތާމަޔާމިއީ މިއަޅާގެ އަދު ނަސީބުހޭ؟
ހިންވެސްނެތޭ ދިރޭނެވަރު ހިތުގައި ހިނގާތަކުން އަސަރު 2
(ހިތުގައި ހިނގާތަކުން އަސަރު)
އެންގޭނެހެއްޔެ؟ވާމިވަރު ޢުމުރަށްއޮތީ މިޙާލުހޭ؟
ވޭނާހިތާމަޔާމިއީ މިއަޅާގެ އަދު ނަސީބިހޭ؟
އޮޅިބުއްދިހާސްކަމާއެކީ ލިބިދޭ އުދާސްތަކާއެކީ 2
(ލިބިދޭ އުދާސްތަކާއެކީ)
މޮޅިޔާ ތުރާތަކާއެކީ އުފުލުން އޮތީ ހިތާމަހޭ؟
ވޭނާހިތާމަޔާމިއީ މިއަޅާގެ އަދު ނަސީބުހޭ؟
ބަރުބާދު ޒިންދަގީވުމުން މިޙަޔާތު އިންދިރާސްވުމުން 2
(މިޙަޔާތު އިންދިރާސްވުމުން)
ކަރުނާއެކީ ކުރުންއޮތީ އަބަދަށްމިހެން ސުވާލުހޭ؟
ވޭނާހިތާމަޔާމިއީ މިއަޅާގެ އަދު ނަސީބުހޭ؟


6 ޑިސެމްބަރު 2024
*عبدالعزيز قاسم
ލިލީ ނ.މަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *