18 ޖަނަވަރީ 2025

މީޑިއާ ކައުންސިލްގެ އާ ދައުރަށް މެންބަރުން އިންތިޚާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާ ދައުރަށް 15 މެންބަރުން މިއަދު އިންތިޚާބުކޮށްފިއެވެ. މި އިންތިޚާބުގައި މީޑިއާ ދާއިރާއިން 8 ނޫސްވެރިންނާއި އަމިއްލަ ގޮތުން 7 މެންބަރުން ހޮވިފައިވެއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު 10:00 އިން 11:00 އަށް ބޭއްވުނު މި އިންތިޚާބުގައި 139 މެންބަރުން ވޯޓުލާފައިވެއެވެ. މި އިންތިޚާބަށް މީޑިއާގެ އިތުރުން އަމިއްލަ ގޮތުން 22 ކެންޑިޑޭޓުން ވާދަކުރިއެވެ.

މީޑިއާތަކުން އިންތިޚާބުވި މެންބަރުންގެ ތެރޭގައި ފާތިމަތު ޝަނާ މުހައްމަދު (މިހާރު އޮންލައިން) 118 ވޯޓު، ވަގުތު އޮންލައިންގެ ނަޖާޙް މަސްއޫދު (117 ވޯޓު)، އާފަތިސް އޮންލައިންގެ ޙަސަން ޝާކިރު މުޙައްމަދު (93 ވޯޓު)، އަދި ހަފްސީ ޑޮޓްކޮމްގެ ޙަފްޞީ ޢަބްދުﷲ (75 ވޯޓު) ހިމެނެއެވެ.

އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރުންގެ ތެރޭގައި ފާތިމަތު ފަހުމީ (80 ވުމީ (80 ވޯޓު)، އިބްރާހިމް ފައުޒީ (76 ވޯޓު)، އަދި އިބްރާހިމް މުޙައްމަދު (49 ވޯޓު) ހިމެނެއެވެ.

މީޑިއާ ކައުންސިލްގެ މިހާރުގެ ދައުރު އަންނަ ހޮނިހިރު ދުވަހު ހަމަވާނެއެވެ. ކައުންސިލްގެ ދައުރަކީ ދެ އަހަރު ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު