ކްރިކެޓް ބޯރޑު އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި، ޓީ ޓެންސްމޭސްގެ ފައިނަލް މެޗް މިއަދު ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައި ކުރިއަށްދިޔައެވެ. ފައިނަލް މެޗްގެ ކުރިން ދެ މެޗް ވަނީ ކުޅެފައެވެ.
ފުރަތަމަ މެޗް ވެސްޓް ސްޕޯރޓްސް ކްލަބާއި ބައްދަލުކޮށް ފުވައްމުލަށް ކްރިކެޓް އެކަޑަމީ ކާމިޔާބުކުރީ 12 ލަނޑުން، ދެވަނަ މެޗް ބީޖީ ސްޕޯރޓްސްއާއި ބައްދަލުކޮށް މާލޭ ސްޕޯރޓް ކާމިޔާބުކުރީ 17 ލަނޑުންނެވެ.
ފައިންލްމެޗް ގުރުދިމާވުމުން ސީބީއެލް ސްޕޯރޓްސް ގަސް ކުޅުމަށެވެ. ކުޅެއްންއަރާ 10 އޯވަރުގެ ތެރޭގައި 3 ން ކުޅުންތެރިން ނުބައިވެގެން 123 ލަނޑު، ތާރަކަ ރުވާން 82 ލަނޑު އަދި ހަރުސަ އަމަރަސިންގްހަ 25 ލަނޑެވެ. ޖަވާބުގައި އެމްއެސް ހެލްޕިންގްހޭންޑް ސްޕޯރޓްސް އެކަޑަމީ 10 އޯވަރު ހަމަވިއިރު 5 ކުޅުންތެރިން ނުބައިވެގެން ހެދިފައިނވަނީ 66 ލަނޑެވެ. މިއިނިންގްސްގައި އެންމެ ރަގަޅަށް އުކާފައިވެސް ވަނީ 7 ލަނޑަށް ދެވިކެޓްނެގި ތާރަކައެވެ. ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރި އަކަށްވެސް ހޮވުނީ ތާރަކައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި މުބާރާތުގެ އެންމެ ގިނަ ލަނޑު، އެންމެ ގިނަ ވިކެޓް، އެންމެ ގިނަ ކެޗްގެ އިތުރުން ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިންއަށް އިނާމް ދެއްވީ މާލޭ ސްޕޯރޓްސް އަދި ބީޖީ ސްޕޯރޓްސްގެ ރައީސް، މުހަންމަދު ނާސިރުއާއި އަލީ މުރާދުއެވެ.
އެންމެ ގިނަ ލަނޑާއި ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ރުވާން ތާރަކަ އެވެ.
އެންމެ ގިނަ ވިކެޓް ނެގާފައިވަނީ އަހުމަދު އަމީލާއި ތަރިއްދު އަދި އެންމެ ގިނަ ކެޗް ހިފާފައިވަނީ އޮފްއެފްސީގެ ޒިޔާއުލްއެވެ.
ފައިނަލްމެޗްގެ އެންމެ މޮޅު ކުޅުންތެރިޔާއާއި އަމްޕަޔަރުންއަށް ހަދާނީ ލިއުން ދެއްވީ ސްޕޯރޓްސް މިނިސްޓްރީގެ އެސްޕީޑީ މިއުޝާދުއެވެ.
މުބާރާތުގެ ރަނަރަޕްޓީމާއި ޗެމްޕިއަންޓީމަށް މެޑަލްއާއި ތަށި ދެއްވީ މުބާރާތުގެ ޗީފްގެސްޓް ބްރިގޭޑިޔާ ޖެނެރަލް ރިޓަރަޑް އަލީ ޒުހޭރު އާއި ރާޑީސީ-މެނޭޖިން ޑައިރެކްޓަރ އެވެ. މީގެ އިތުރުން ކްރިކެޓް ބޯރޑުގެ ރައީސް މުހަންމަދު ފައިސަލާއި ނައިބު ރައީސް އަހުމަދު އިސްހާގެ އިތުރުން އެގްޒކެޓިވް ކޮމެޓީގެ މެމްބަރުން ބައިވެރިވިއެވެ.