18 ޖަނަވަރީ 2025

މުޙައްމަދު: އިނގިރޭސިވިލާތާއި ވޭލްސްގައި 2023 ވަނަ އަހަރު އެންމެ މަޤްބޫލު ނަން

2023 ވަނަ އަހަރު އިނގިރޭސިވިލާތާއި ވޭލްސްގައި އުފަން ފިރިހެން ކުދިންނަށް އެންމެ ގިނައިން ކިޔާފައިވާ ނަމަކީ "މުޙައްމަދު" ކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިއީ ވިލިއަމް އަދި ޗާލްސް ފަދަ އާންމުކޮށް ބޭނުންކުރާ ނަންތައް ފަހަނައަޅައި ގޮސްފައިވާ ކަމެކެވެ.

ޔުނައިޓެޑް ކިންގްޑަމްގެ އޮފީސް ފޮރ ނޭޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް) އިން ހާމަކޮށްފައިވާ ގޮތުގައި، 4،600 އަލަށް އުފަން ވި ފިރިހެން ކުދިންނަށް މުޙައްމަދު، މި ނަން ދީފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ބޭނުންކޮށްފައިވާ "ނޫޙް"، މި ނަން 4،382 ކުދިންނަށް ދީފައިވެއެވެ.

މިއީ އިނގިރޭސިވިލާތާއި ވޭލްސްގައި މުޙައްމަދު، މި ނަން އެންމެ މަތީ ދަރަޖައިގައި ރެކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ. އަންހެން ކުދިންގެ ތެރެއިން އެންމެ މަޤްބޫލު ނަމަކަށް ވަނީ "އޮލިވިއާ" އެވެ.

މުޙައްމަދު، މި ނަމަކީ 2016 ވަނަ އަހަރުން ފެށިގެން އެންމެ މަޤްބޫލު 10 ނަމުގެ ތެރޭގައި ހިމެނެމުން އައި ނަމެކެވެ. އަދި ޖޯޖް، ހެރީ އަދި އާޗީ ފަދަ ރަސްކަމާ ގުޅުންހުރި ނަންތަކުގެ މަޤްބޫލުކަން ފަހަކަށް އައިސް ދަށްވަމުން އައިސްފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު