ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ނާއިސްގެ ފަންނުވެރިކަމާއި ޢަރަބިއަކުރު ލިޔުމުގެ ހުނަރުވެރިކަން ފާހަގަކޮށްލެވެއެވެ. ނާއިސްގެ ހުނަރުވެރި ކަވި މަސައްކަތުން ޖަމާލުއްދީން ސްކޫލުގެ ފާރުތަކުގައި ކުރަހާފައިވާ ތަސްވީރުތަކަކީ އަޅުގަނޑުމެންގެ ހިތްތަކުންވެސް ނުފޮހެވޭނެ ތައްގަނޑެކެވެ.
ނާއިސްގެ ފަންނުވެރި ހުނަރުން އޭނާވަނީ އާދަޔާ ޚިލާފު ކުރިއެރުންތަކެއް ހޯދައި، ޚާއްސަ އެެހީއަށް ބޭނުންވާ ކުދިންގެ ކިބައިންވެސް ޤާބިލުކަން ދެއްކޭނެ ކަން ސާބިތުކޮށްދީފައެވެ. އަދި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް އެއްވެސް ހުރަހެއް ނެތްކަންވެސް ދައްކުވައިދީފައެވެ.
މިފަދަ ހުނަރުވެރި ދަރިވަރަކަށް އެހީތެރިވެ، ފުރުޞަތު ހޯދައިދިނުމުގައި ބައިވެރިވެވުނުކަމީ ޖަމާލުއްދީން ސްކޫލަށް ލިބުނު ޝަރަފެކެވެ. އެ ސްކޫލުން ފާހަގަކުރި ގޮތުގައި، ނާއިސްގެ ކުރިއެރުމާއި ހޯދާފައިވާ ކާމިޔާބީތަކާމެދު އެ ސްކޫލުން ވަރަށް ފަޚުރުވެރިވެއެވެ.
“އަދި ކުރިއަށް އޮތްތާގައިވެސް އޭނާގެ އުއްމީދުތަކާއެކު، މަތީ ކާމިޔާބު ހޯދާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތެވެ." އެ ސްކޫލުން ފާހަގަކުރިއެވެ.