18 ޖަނަވަރީ 2025
މަރުކަޒީ ބޭންކް އެމް.އެމް.އޭ، ފޮޓޯ: ފިޔަ

ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 2 ޑިރެކްޓަރުން އެމްއެމްއޭ ބޯޑުން ވަކިކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރައްވާ 2 ޑިރެކްޓަރުން މަޤާމުން ވަކިކުރައްވައިފިއެވެ.

އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރައްވަނީ އައްސަދު އަލީ އަދި މުހައްމަދު ޝަހުދީ އަންވަރެވެ. މި ދެ ބޭފުޅުން ވަކިކުރި ސަބަބެއް އެމްއެމްއޭއިން ހާމައެއް ނުކުރައްވައެވެ.

އައްސަދަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެވެ. ޝަހުދީ އަންވަރަކީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަންއެވެ.

އެމްއެމްއޭގެ ބޯޑުގައި ތިއްބަވަނީ 6 މެންބަރުންނެވެ. އެއީ ޤަވަރުނަރާއި، ޑެޕިއުޓީ ގަވަރުނަރާއި، އެމްއެމްއޭ ތަމްސީލްކުރައްވާ ބޭފުޅަކާއި، ފިނޭންސް މިނިސްޓްރީގެ ބޭފުޅެއްގެ އިތުރުން ޕްރއިވެޓް ސެކްޓަރއިން ކަނޑައަޅާ 2 ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު