11 ފެބުރުވަރީ 2026
ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަނީ، ފޮޓޯ: އެމްއެންޑީއެފް

ވިއްސާރާގައި ސަބަބުން ގެއްލުންތަކެއް؛ މާލޭގެ 5 ގެއަކުން މީހުން ބަދަލުކުރަނީ

މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭތެރެއަށް ފެން ވަނުމުގެ ސަބަބުން ފަސް ގެއަކުން މީހުން ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ވަނީ ފެން ބޮޑުވެފައެވެ. އެގޮތުން މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ގެތަކަށް ފެން ވަނުމާ ގުޅިގެން ފަސް ގެއަކުން މީހުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ގެއެއްގައި ދިރިއުޅެމުންދިޔަ މީހުން ބަދަލުކުރުމުގެ މަސައްކަތް އެންޑީއެމްއޭއާއި މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން ކުރަމުން އަންނަކަމަށްވެސް ޙިސާން ވިދާޅުވިއެވެ.

ރާއްޖެއާ ކައިރި ދެ ސަރަހައްދެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައެވެ. އެގޮތުން ބޯކޮށް ވިއްސާރަކޮށް، ވައިގަދަވެ، އެކި ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު