މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން މާލެ އާއި ހުޅުމާލޭގައި ޙަރަކާތްތެރިވަނީ، ފޮޓޯ: ފުލުހުންގެ ޚިދުމަތް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

އައު އަހަރާ ދިމާކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އައު އަހަރާ ދިމާކޮށް، ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކުރުން އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޔުނިޓާއި ހުޅުމާލެ ޕޮލިހާއި މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި ހުޅުމާލޭ ފަޅުތެރެ ޕްޓެރޯލްކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާކަމަށް ޝައްކުކުރެވޭ ކެފޭ، ރެސްޓޯރެންޓްތައް މޮނިޓަރކުރާނެ ކަމަށާއި،  އޮޕަރޭންޝަންގައި ޤާނޫނާއި ގަވާއިދާ ޚިލާފުވާކަމަށް ފާހަގަވާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްކުރަމުންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި 1.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިމަހުގެ 8 ވަނަ ދުވަހު ހާމަކުރައްވާފައެވެ.  މިދިޔަ އަހަރުވެސް ޑިސެންބަރު މަހު ހިންގި އޮޕަރޭޝަނެއްގައި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 5.5 މިލިޔަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ފުލުހުން އަތުލައިގަނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު