ވަރުން ދަވަންގެ އައު ފިލްމު "ބޭބީ ޖޯން" ގައި ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ޚާއްޞަ ބައިވެރިވުމެއް ހިމެނޭކަން ހާމަވެއްޖެއެވެ. މި ފިލްމު ދައްކަން ފެށުމާއެކު، ސަލްމާންގެ މަންޒަރު ސޯޝަލް މީޑިއާގައި ފެތުރި، އެކި ފަރާތްތަކުން ތަފާތު ގޮތްގޮތަށް ކޮމެންޓްކުރަން ފަށައިފިއެވެ.
ގިނަ މީހުން ސަލްމާންގެ ބައިވެރިވުމަށް ތަޢުރީފުކުރިއިރު، ބައެއް ފާޑުކިޔުންތެރިން މި ކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.
ފިލްމުގެ ޑައިރެކްޓަރ އެޓްލީ ބުނެފައިވަނީ ސަލްމާންގެ ބައިވެރިވުމަކީ ކުއްލިއަކަށް ނިންމުނު ކަމެއްކަމަށެވެ. އޭނާ ބުނިގޮތުގައި ފިލްމުގެ ނިމުމާ ކައިރިވެފައިވަނިކޮށް ސަލްމާންގެ ބައިވެރިވުމަށް އެދުމުން، ސަލްމާން ވަރަށް އަވަހަށް އެކަމަށް އެއްބަސްވެފައިވެއެވެ.
މި ފިލްމަކީ ވަރުން ދަވަންއާއި ޖެކީ ޝްރޮފް ފަދަ މަޝްހޫރު ތަރިން ބައިވެރިވާ ބޮޑު ބަޖެޓެއްގެ ފިލްމެކެވެ. ނަމަވެސް، ފިލްމު ދައްކަން ފެށުމާއެކު ލިބެމުންދަނީ މެދުމިނުގެ ރިވިއުތަކެކެވެ.