ރާއްޖޭގެ ރަށެއްގައި ސޯލަރ ޕެނަލް ހަރުކޮށްފައި / ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

އިން ހައުސް ސޯލަރ ޕްރޮގްރާމް: "އަހަރަކު 19.9 މިލިޔަން ރުފިޔާގެ ޑީސަލް ސަލާމަތް ކުރެވޭނެ"

އިން ހައުސް ސޯލަރ ޕްރޮގްރާމްއާއެކު އަހަރަކު 19.9 މިލިޔަން ރުފިޔާގެ ޑީސަލް ސަލާމަތް ކުރެވޭނެކަމަށް ފެނަކަ ކޯޕަރޭޝަންއިން ވިދާޅުވެއެވެ.

ވިދާޅުވީ ކުންފުނީފައި ހުރި މާލީ ޖޮންޖެހުންތަކާއެކުވެސް ޚިދުމަތްތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި އައު ރަށްރަށުގައި ޚިދުމަތް ފެށުންފަދަ މުހިންމު ކަންކަން ކުރެވިފައިވާކަމަށެވެ.

ފެނަކައިން ވިދާޅުވީ، އެ ކުންފުނިން މި އަހަރު ހިންގި ސޯލަރ މަޝްރޫޢުތަކުގެ ދަށުން މި އަހަރުގެ އެކަނިވެސް 2298 ކިލޯވޯޓުގެ ސޯލާ ހަރުކޮށްފައިވާކަމަށެވެ. އަދި 7005 ކިލޯވޯޓުގެ ބެޓްރީ ކެޕޭސިޓީ އިތުރު ކުރެވިފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައިގެ ހުރިހާ އޮފީސްތަކާއި އިންޖީނުގެތަކުގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ފެށި އިން ހައުސް ސޯލާ ޕްރޮގްރާމަކީ މި އަހަރު ހިނގުނު އަދި މިހާރުވެސް ކުރިއަށްދާ މުހިންމު ޕްރޮގްރާމެއްކަން ފާހަގަކުރައްވަަމުން، މި ޕްރޮގްރާމްގެ ސަބަބުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ. އެ ކުންފުނިން ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން މުޅި ޖުމްލަ 5.2 ވެގަވޯޓްގެ ސޯލާ ހަރަދުކުރެވޭނެކަމަށާއި، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 92 މިލިޔަން ރުފިޔާކަމަށެވެ.

މި މަޝްރޫއުގެ ދަށުން އަހަރަކު 2.6 މިލިޔަން ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެކަމަށް ލަފާކުރާއިރު އެއީ އަހަރަކު 19.9 މިލިޔަން ރުފިޔާގެ ޑީސަލްކަމަށް ފެނަކައިން ވިދާޅުވެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 18 އަދި 30 ކިލޯވޯޓުގެ ގްރިޑް ޓައިޑް ސޯލާ ހަރުކޮށް، 12 ރަށެއްގެ ފެނަކަ އޮފީހުގެ ފުރާޅުގައި ސޯލާ ހަރުކޮށް މި އަހަރު ނިންމާލަފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މަގޭ ސޯލަރ ޕްރޮގްރާމަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ހިންގާ މުހިންމު މަޝްރޫޢެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު