ބޮލިވުޑްގެ މަޝްހޫރު ފިލްމު "މައިނޭ ޕިޔާރް ކިޔާ"އަށް 35 އަހަރު؛ ސަލްމާން ޚާން ފްލަރޓް ކުރިތަ؟

ބޮލިވުޑްގެ މަޝްހޫރު ފިލްމު "މައިނޭ ޕިޔާރް ކިޔާ" ގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރެވެމުންދާއިރު، އެ ފިލްމުގެ މަޝްހޫރު ދެ ލީޑް އެކްޓަރުންކަމަށްވާ ސަލްމާން ޚާން އަދި ބަގިޔަޝްރީ ވަނީ ފޭނުންގެ ހިތްތަކުން ޚާއްޞަ މަޤާމެއް ހޯދާފައެވެ. ފަހުން ދިން އިންޓަވިއުއެއްގައި ބަގިޔަޝްރީ ވަނީ ފިލްމު ކުޅުމުގެ ތެރޭގައި ހަނދާންވާ ކަންތައްތަކެއް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި އޭނާއަށް ފުރަތަމަ ސަލްމާން ޚާން ފްލަރޓް ކުރަނީ ކަމަށް ހީވި ކަމެއްގެ ވާހަކަވެސް ހިމެނެއެވެ.

ކޮވިޑް ގުޕްތާ ފިލްމްސްގެ ޔޫޓިއުބް ޗެނަލަށް ދިން އިންޓަވިއުއެއްގައި ބަގިޔަޝްރީ ވަނީ "ދިލް ދީވާނާ" ލަވަ ކުޅެމުންދިޔައިރު ދިމާވި ހާދިސާއެއްގެ ވާހަކަ ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެ ވަގުތު އޭނާއަށް ވަރަށް ބޮޑަށް ހީވެފައިވަނީ އެކަނިވެރިވެފައި ހުރި ކަމަށެވެ. ސަބަބަކީ އާއިލާއާ ދުރުގައި ހުރުމެވެ.

"އަހަރެމެން ދިލް ދީވާނާ ކުޅެން ޖެހުނު. ކުއްލިއަކަށް ސަލްމާން އައިސް އަހަރެންގެ ކައިރީގައި އިށީނދެ، އަހަރެންގެ ކަންފަތް ދަށުގައި ލަވަ ކިޔަން ފެށި،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެހާތަނަށް ސަލްމާން ވަނީ އަބަދުވެސް ސެޓުގައި ވަރަށް އަދަބުވެރި ގޮތަކަށް ކަންތައް ކުރަމުން ގޮސްފައެވެ. އެހެންކަމުން މި ޢަމަލު ފެނުނީ ތަންކޮޅެއް އެހެން ގޮތަކަށެވެ.

"އަހަންނަކަށް ނޭނގުނު. އެކަމަކު އެއީ ފްލަރޓް ކުރުމުގެ ހައްދު ފަހަނައަޅާ ދިޔަ ކަމެއްހެން ހީވުމުން، އަހަރެން ބުނިން، 'އޭނާ މިކަން ކުރަނީ ކީއްވެ؟'" ބަގިޔަޝްރީ ބުނި ގޮތުގައި ފުރަތަމަ އޭނާއަށް ސަލްމާންގެ ނިޔަތް ސާފުނުވެ، ހައިރާންވެފައި ހުއްޓެވެ.

އެހެންނަމަވެސް، ކަންތައްތައް ހިނގައިދިޔައީ އޭނާ ހީކުރި ގޮތާ މުޅިން ތަފާތު ގޮތަކަށެވެ. ސަލްމާން ޚާން، ބަގިޔަޝްރީގެ ހާލަތު ދެނެގަނެ، އޭނާ ވަކިން ގޮވައިގެން ދިޔައެވެ. ބަގިޔަޝްރީ ބުނި ގޮތުގައި، "އެންމެ ފަހުން އޭނާ އަހަރެން ވަކިން ގޮވައިގެން ގޮސް ބުންޏެވެ، 'އަހަންނަށް އެނގޭ!' އަހަރެން ބުނިން، ތެދެއްތަ؟ އޭނާ ބުންޏެވެ، 'އަހަންނަށް އެނގޭ  ލޯބިވަނީ ކާކު ދެކެ ކަން."

ދެން ސަލްމާން ބުނީ އޭނާއަށް ހިމާލަޔާ ކިޔާ މީހަކާ ބަގިޔަޝްރީގެ ގުޅުމެއް އޮތްކަން އެނގޭކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު