ވިއްސާރައިގެ ސަބަބުން އެއަރޕޯޓްގެ މަގުތަކުގައި ފެންބޮޑުވެފައި, ފޮޓޯ: ޕީއެސްއެމް ނިއުސް

ޒަރޫރީ ބޭނުމެއްގައި ނޫނީ މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް އިލްތިމާސްކޮށްފި

ޒަރޫރީ ބޭނުމެއްގައި ނޫނީ މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ފުުހުުހުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ކުރިމަތުވަމުންދާކަމަށެވެ. އަދި މަގުތަކުން ފެން ހިނދި ޢާންމު ހާލަތަށް މަގުތައް އަންނަންދެން، ބަރު އުޅަނދުތައް މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި، ޒަރޫރީ ބޭނުމަކަށް ނޫނީ މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ނުދުއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ ފެންބޮޑުވުމުގެ ސަބަބުން، ސަލާމަތީ ޚިދުމަތްތަކުން ގެންދަވަނީ ފެން ހިންދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ފުލުހުން ވަނީ މި ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު