މަނަދޫ އަޒީގެ ޅެންހާރު: ހިތުގެއުފާ އަސަރުގައި

*ރާގު! ތަންޑީތަންޑީ ޗަލެރެހަވާ،…

އެދިއެދި ހިތުގެއުފާ އޯ
އެދިއެދި ހިތުގެއުފާ އަސަރުގައި ހިތުގެ ހިނގުން ނެތިދާވަރޭ
ޖެހިޖެހި ހިތުގައި އަބަދު ރޮވޭތީ ޙާލުއަހަރެން ހީކުރޭ
އާނ،،އާނ ލޯބިއެދިގެން ކުރިމަތީގައި ކުރެވިދުޔަހައި އާދޭސްތަކުން 2
ފޯރިއަސަރެއް ނެތިދިޔައިމާ ހިތްހަލާކުވެ މާޔޫސް ވުމުން
ރޯލަރޯލާމި ހުންނާށަޖެހުމުން ވާނެވަރުދެން ހީކުރޭ
އާނ.އާނ ހިތުގެ ހިނގުމާ ހިތުގެ ދިރުމާއެކުވެ އުފެދޭ ޖަޒްބާތުގައި 2
އިތުރުކުރުވާ ވޭންތަކުންދޭ ކެތްނުވާފަދަ އިޙްސާސުގައި
އިތުރުލިބިދޭ އުފަލެއްނެތީމާ ވާނެގޮތްދެން ހީކުރޭ
އާނ..އާނ އިންދިރާސްވީމާ ޙަޔާތުގެ ކުރެވިދިޔަހައި އުންމީދުތައް 2
ޒިންދަގީ ބަރުބާދުވީމާ ލިބިހިތައް ގިނަ ފުންޒަޚަމުތައް
އިންތިހައި އަސަރުންހިތް މިލީމާ ވާނެގޮތްކަން ހީކުރޭ

1 ޖަނަވަރީ 2025
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *