ހިންމަފުށީ ކައުންސިލުގެ މެމްބަރަކު ކަރަންޓުގައި ޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި

ކ. ހިންމަފުށީ ކައުންސިލު މެމްބަރު ކަރަންޓުގައި ޖެހުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެއަށް ގެނެސްފިއެވެ.

ހިންމަފުށީ ކައުންސިލު މެމްބަރު ވަފިއްޔާ އިބްރާހީމް ކަރަންޓުގައި ޖެހުނީ އެރަށުގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްގެ ތަކެއްޗަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.

ވަފިއްޔާއަށް ފަރުވާދެމުން އަންނަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގައެވެ.

އިރުވައި މޫސުމުގެ ހަޅައިގައިި، މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހިންމަފުއްޓަށްވެސް ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންތައް ލިބިފައެވެ. އެގޮތުން އެރަށު ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ރަށުގެ 60 އިންސައްތައިގައި ވަނީ ފެން ބޮޑުވެފައެވެ. އަދި ބައެއް ހިސާބުތަކުން ކަރަންޓް ވަނީ ކެނޑިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު