ޕޮގްބާ ޖުވެންޓަސް ޖާރޒީ ލައިގެން ޑޮމިނިކަން ރިޕަބްލިކްގެ ގޮނޑުދޮށެއްގައި ބޯޅަ ކުޅެލައިފި

ޕޯލް ޕޮގްބާ، ޒިދާންގެ ޖުވެންޓަސް ޖާރޒީ ލައިގެން ޑޮމިނިކަން ރިޕަބްލިކްގެ ގޮނޑުދޮށެއްގައި ބޯޅަ ކުޅެލައިފިއެވެ.

ކުރީގެ މެންޗެސްޓަރ ޔުނައިޓެޑް އަދި ޖުވެންޓަސްގެ ތަރި ޕޯލް ޕޮގްބާ މިހާރު ވަނީ ޑޮމިނިކަން ރިޕަބްލިކްގެ ކަބްރޭރާގައި ޗުއްޓީއެއްގައެވެ. އޭނާ ވަނީ އެ ޤައުމުގެ މީހަކު ނެތް ގޮނޑުދޮށެއްގައި ޒައިނުއްދީން ޒިދާންގެ ކުރީގެ ޖުވެންޓަސް ޖާރސީއެއް ލައިގެން ބޯޅަ ކުޅެލާފައެވެ. މި މަންޒަރު ދައްކުވައިދޭ ފޮޓޯއަކާއި ވީޑިއޯއެއް ޕޮގްބާ ވަނީ އިންސްޓަގްރާމްގައި ޝާއިޢުކޮށްފައެވެ.

31 އަހަރުގެ މި ފްރާންސް މެދުފަރާތު ކުޅުންތެރިޔާގެ ޑޯޕިންގ ބަންދު، މިދިޔަ އަހަރު ކުޅިވަރު އާބިޓްރޭޝަން ކޯޓުން ވަނީ ކުރުކޮށްދީފައެވެ. މިގޮތުން އޭނާއަށް މިއަހަރުގެ ފެށުމުގައި ޓީމަކާއެކު ތަމްރީނު ފެށުމުގެ ފުރުސަތު ލިބި، މާރިޗު މަހު ވާދަވެރި މުބާރާތްތަކުގައި ބައިވެރިވުމުގެ ހުއްދަ ލިބޭނެއެވެ. ބަންދު ކުރުކުރުމާ ގުޅިގެން ޕޮގްބާ ވަނީ ޖުވެންޓަސްއާއެކު އޮތް އެއްބަސްވުން ސުލްޙަވެރިކަމާއެކު ނިމުމަކަށް ގެނެސްފައެވެ. މިހާރު އޭނާ ވަނީ ހިލޭ އެޖެންޓެއްގެ ގޮތުގައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ޕޮގްބާ ކުޅޭނެ ޓީމަކާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް އޭނާ ސައުދީ ޕްރޯ ލީގާއި އެމްއެލްއެސްގެ ޓީމުތަކާ ގުޅޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ފްރާންސްގެ މާސޭ ކްލަބާ ގުޅި، ކުރީގެ ޔުނައިޓެޑް އެކުވެރިޔާ މޭސަން ގްރީންވުޑާ އެކު ލީގް 1 ގައި ކުޅޭނެ ކަމަށްވެސް ލަފާކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު