ރާރިޖީ ވަޒީރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން.

އިންޑިއާ އައުޓް ކެމްޕެއިނުން ސަރުކާރު ބަރީއަވަން، އެއީ ޔާމީން ފެއްޓެވި ކަމެއް: ފޮރިން މިނިސްޓަރު

"އިންޑިއާ އައުޓް" ކެމްޕެއިނަކީ ކުރީގެ ރައީސް ޔާމީން އިސްނަންގަވައިގެން ފެއްޓެވި މަސައްކަތެއް ކަމަށާއި، މިހާރުގެ ސަރުކާރުން އެ ކެމްޕެއިނުން މުޅިން ބަރީއަވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު ޑރ. ހަލީލް ވިދާޅުވެފައިވަނީ، "އިންޑިއާ އައުޓް" ކެމްޕެއިނަކީ ކުރީގެ ރައީސް ޔާމީން އިސްނަންގަވައިގެން ފެއްޓެވި މަސައްކަތެއް ކަމަށާއި، މިހާރުގެ ސަރުކާރުން އެ ކެމްޕެއިނުން މުޅިން ބަރީއަވާ ކަމަށެވެ.

އިންޑިއާގެ "ވިއޯން ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހަލީލް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް ޔާމީން މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް އައު ޕާޓީއެއް އުފައްދަވައި، އިދިކޮޅު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރު ހަލީލް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރައީސް މުއިއްޒު ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އިންޑިއާ އާއެކު އޮތް ގުޅުމަކީ އަޅުގަނޑުމެންނަށް ވަރަށް ޚާއްޞަ އަދި އިސްކަންދޭ ގުޅުމެއް. އަޅުގަނޑުމެން 'އިންޑިއާ އައުޓް' ކެމްޕެއިނުން މުޅިން ބަރީއަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް، ސަރުކާރުގެ ތެރޭގައި ތިބި ބައެއް ފަރާތްތަކުން މި ސިޔާސަތާ ޚިލާފަށް ޖަޒުބާތުގައި ޖެހިގެން ބައެއް ފަހަރު ވާހަކަދައްކާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، އެފަދަ ފަރާތްތަކާމެދު ރައީސް ފިޔަވަޅު އަޅުއްވާކަމީ އިންޑިއާ އާއެކު އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މިނިސްޓަރު ހަލީލް ވިދާޅުވީ އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަކީ ދިވެހިރާއްޖޭގެ ވެސް ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. އެހެންކަމުން، އިންޑިއާ ކަނޑުގެ ސުލްހަ އާއި ސަލާމަތީ ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު