އެފްއެސްއެމްގެ ތެޔޮ ބޯޓެއް ނިލަންދޫ ފަރަށް އަރައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބޯޓެއް ނިލަންދޫ ފަރަށް އަރައިފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ. ބޯޓު ފަރަށް އަރާފައި ވަނީ ނިލަންދޫގެ ހުޅަނގު އުތުރު ފަރާތަށެވެ.

މިކަމާއި ގުޅޭ މައުލޫމާތު ދެއްވަމުން އެފްއެސްއެމްއިން ބުނީ މިހާރު ބޯޓު ފުން ކޮށްފައިވާކަމަށާއި، އެފްއެސްއެމްގެ އިތުރު ބޯޓެއް ނިލަންދޫއަށް އައުމުގެ މަގުމަތީގައިވާކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ސަންގާއި ވާހަކަދައްކަވަމުން ނިލަންދޫ ކައުންސިލުން ބުނީ ބޯޓު ވަރަށް ބޮޑަށް ފަރަށް އަރާފައިވާކަމަށެވެ.

މިހާތަނަށް ކައުންސިލްގެ އެއްވެސް އެހީއަކަށް އެދިފައިނުވާ ކަން ފާހަގަކުރެއްވިއެވެ.

މިއީ ތެޔޮ ހުރި ބޯޓަކަށް ވާތީ އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ދަނީ ބަލަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު