މެންޗެސްޓަރ ޔުނައިޓެޑްގެ މެނޭޖަރުކަމަށް ދިއުމަށްޓަކައި އެވަރޓަން ދޫކޮށްލުމަށްފަހު 11 އަހަރާއި ދޮޅު އަހަރު ފަހުން، ޑޭވިޑް މޮއެސް އަލުން އެވަރޓަންގެ މެނޭޖަރުކަމާ ހަވާލުވެއްޖެއެވެ.
މި މަޤާމާ މޮއެސް ހަވާލުވެފައިވަނީ ބުރާސްފަތި ދުވަހު ސީން ޑައިޗް ވަޒީފާއިން ވަކިކުރުމާ ގުޅިގެންނެވެ.
މިވަގުތު އެވަރޓަން ވަނީ ޕްރިމިއަރ ލީގުގެ ރެލިގޭޝަން ޒޯނުން މައްޗަށް އެންމެ ޕޮއިންޓެއްގެ ތަފާތުގައެވެ. މޮއެސް ވެސްޓް ހެމް ދޫކޮށްލާފައިވަނީ މިދިޔަ ސީޒަންގެ ނިޔަލަށެވެ.
ޖެނުއަރީ 11 ވަނަ ދުވަހުގެ ހެނދުނު 10:31 ގައި އެވަރޓަންއިން ވަނީ ޑޭވިޑް މޮއެސް އަނބުރާ ކްލަބަށް އައުމާއެކު އޭނާ މެނޭޖަރުކަމާ ހަވާލުވެއްޖެކަން ކަށަވަރުކޮށްދީފައެވެ. މީގެ ކުރިން މި މަޤާމުގައި ހުރި ސީން ޑައިޗް ވަޒީފާއިން ވަކިކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެއީ އެފް.އޭ ކަޕްގެ ތިންވަނަ ބުރުގައި ޕީޓަރބަރޯ އާ ދެކޮޅަށް ކުޅުނު މެޗުގެ 3 ގަޑިއިރު ކުރިންނެވެ. ޑައިޗް ވަކިކުރި އިރު އޭނާގެ ފަހު 11 މެޗުން ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ.
މޮއެސް މެނޭޖަރުކަމުގެ މައިދާނަށް އަނބުރާ އައިސްފައިވަނީ މިދިޔަ ސީޒަންގެ ނިޔަލަށް ވެސްޓް ހެމް ދޫކޮށްލުމަށްފަހުގައެވެ. އޭނާ މިހާރު މި ހަވާލުވަނީ އެވަރޓަންގެ މެނޭޖަރުކަމާ ދެވަނަ ފަހަރަށެވެ. މީގެ 11 އަހަރާއި ދޮޅު އަހަރު ކުރިން އެވަރޓަން ދޫކޮށްލާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ މެނޭޖަރުކަމާ ހަވާލުވުމަށްޓަކައެވެ.
މޮއިސްއަކީ 2002 އިން 2013 އަށް އެވަޓަންގެ ކޯޗުކަން ކުރި ފަރާތެކެވެ. އޭނާގެ އެންމެ ފަހުގެ އިންޖާޒަކީ ވެސްޓް ހޭމް ޔުނައިޓެޑަށް 2023 ވަނަ އަހަރު ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްދިނުމެވެ.
މޮއިސް ފަހުން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އަދިވެސް ފުޓްބޯޅައިގައި ދެމިހުރުމަށް ބޭނުންވާ ކަމަށެވެ. ނަމަވެސް ރެލިގޭޝަނުން ސަލާމަތްވާން އުޅޭ ޓީމަކަށް ކޯޗުކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.