ކާޓަރގެ ޖަނާޒާގައި ބައިޑަން ނިދިޖެހުމުން ސުވާލު އުފައްދައިފިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރގެ ޖަނާޒާގައި ރައީސް ޖޯ ބައިޑަން ބައިވެރިވެ ވަޑައިގަތެވެ. ނަމަވެސް ޖަނާޒާގެ ތެރޭގައި ރައީސް ބައިޑަން ނިދިޖެހިވަޑައިގެން މަންޒަރު ފެނިވަޑައިގަތުމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެއެވެ.
މި މަންޒަރާ ގުޅިގެން އިޖުތިމާޢީ ވިއުގަތަކުގައި ތަފާތު ޚިޔާލުތައް ފާޅުކުރެވުނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފަސްޓް ލޭޑީ ޖިލް، ބައިޑަން ރައީސްގެ ކޮނޑުގައި އަތް ޖައްސަވާލެއްވިއެވެ. އަދި ކުރީގެ ރައީސް ޖޯޖް ބުޝް ވެސް ރައީސް ބައިޑަންއާ ދިމާއަށް ބައްލަވާލެއްވިކަމަށް ބުނެއެވެ.
މީގެ އިތުރުން، ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާ ޖަނާޒާއަށް ވަޑައިނުގަތުމާ ގުޅިގެން ވެސް ފާޑުކިޔުންތަކެއް އަމާޒުވެފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އެއީ ސުވާލުއުފައްދަންޖެހޭނެކަމެއްނޫން ބައިޑަންއިންޙާލު ކޮއްމއމީހަކަށްވެސްއެނގެންޖެހޭ