8 ފެބުރުވަރީ 2025
ގުއާޑިއޯލާ، ފޮޓޯ: ގެޓީ

ކުޅުންތެރިން ނުހޯދުމަށް އެންގުނީ އޮޅުމަކުން: ގަޑިއޯލާ

ފާއިތުވި ޓްރާންސްފަރ މޫސުމުގައި އިތުރު ކުޅުންތެރިން ނުހޯދުމަށް ކްލަބުގެ އިސްވެރިންނަށް އެންގުމަކީ އޭނާއަށް ހެދުނު ގޯހެއް ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ހާމަކޮށްފިއެވެ.

ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ގަޑިއޯލާ ބުނީ، ފާއިތުވި ޓްރާންސްފަރ މޫސުމުގައި ކްލަބުން އައު ކުޅުންތެރިން ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އިތުރު ކުޅުންތެރިން ބޭނުންނުވާކަމަށް އޭނާ ކްލަބުގެ އިސްވެރިންނަށް އެންގުމާ ގުޅިގެން އެ މަސައްކަތް ހުއްޓާލިކަމަށެވެ.

"ފާއިތުވި ޓްރާންސްފަރ މޫސުމުގައި ކްލަބުން އައު ކުޅުންތެރިން ހޯދުމަށް މަސައްކަތްކުރި. ނަމަވެސް އިތުރު ކުޅުންތެރިން ބޭނުންނުވާކަމަށް އަހަރެން ކްލަބުގެ އިސްވެރިންނަށް އެންގުމުން އެ މަސައްކަތް ހުއްޓާލީ. އެއީ އަހަރެންނަށް ދިމާވި އޮޅުމެއް،" ގަޑިއޯލާ ބުންޏެވެ.

"މި ކުޅުންތެރިންނާއެކު ކުރިން ހޯދި ކާމިޔާބީތައް ދެމާބީތައް ދެމެހެއްޓޭނެ ކަމަށް އަހަރެން އުންމީދުކުރިން. ނަމަވެސް އަނިޔާގެ މައްސަލަތައް ކުރިމަތިވުމާއެކު ހުރިހާ ކަމެއް މިވަނީ ބަދަލުވެފައި،" ގަޑިއޯލާ އިތުރަށް ބުންޏެވެ.

މިވަގުތު ޕްރިމިއަރ ލީގުގެ ހަވަނަ ގޮނޑީގައި މެންޗެސްޓަރ ސިޓީ އޮތްއިރު، ގަޑިއޯލާގެ ކޯޗިންގ ކެރިއަރުގައި މިއީ ޖެހިޖެހިގެން ގިނަ މެޗުތަކަކުން ބަލިވެފައިވާ ފުރަތަމަ ފަހަރެވެ. އަދި 36 ޓީމު ވާދަކުރާ ޗެމްޕިއަންސް ލީގުގެ 22 ވަނަ ގޮނޑީގައި މިވަގުތު ސިޓީ އޮތްއިރު، މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމަކީވެސް އެ ޓީމަށް ގޮންޖެހުމަކަށް ވެފައިވެއެވެ.

އަނިޔާގެ މައްސަލަތަކާ ކުރިމަތިލަމުންދާއިރު، ސިޓީން ވަނީ ދާދި ފަހުން ފްރާންސްގެ ލެންސް އަށް ކުޅޭ އުޒްބެކިސްތާނުގެ އަބްދުކާދީ ކުސަނޯވް ހޯދުމަށް 33.6 މިލިއަން ޕައުންޑުގެ އަގަކަށް އެއްބަސްވެފައެވެ. އަދި އޭނާ ވަރަށް އަވަހަށް ސިޓީއާ ގުޅޭނެކަމަށް މީޑިއާ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު