8 ފެބުރުވަރީ 2025
1445ހ ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީން ފުރުމުގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އުމްރާ ހުއްދައިގައި އޮޅުވާލައިގެން ޑޮލަރު ގަތް ކުންފުންޏެއްގެ މައްސަލައެއް

ރާއްޖޭގައި އުމްރާގެ ހުއްދަ ލިބިފައިވާ ކުންފުންޏަކުން، އުމްރާއަށް މީހުން ގެންދިއުމުގެ ނަމުގައި އޮޅުވާލައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ގަތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް އެ މިނިސްޓްރީގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ގޮތުގައި، އެ ކުންފުނިން ޑޮލަރު ހޯދާފައިވަނީ ނުސައްޙަ ލިޔެކިޔުންތަކެއް ހުށަހަޅައިގެންނެވެ.

މިނިސްޓްރީއަށް މި މައްސަލަ ސާބިތުވެއްޖެނަމަ، އެ ކުންފުނި 30,000 ރުފިޔާއިން ޖޫރިމަނާކޮށް، ހުއްދަ ހިފެހެއްޓުމާއެކު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން، އުމްރާއަށް މީހުން ގެންދިއުމާ ގުޅޭ އުސޫލާ ޚިލާފުވެފައިވާ 19 ކުންފުންޏެއް 5,000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް މިނިސްޓްރީން ނިންމާފައިވެއެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ، ފާއިތުވި ޑިސެންބަރު މަހު އަލް-ހިޖްރާ ޓްރެވެލްސް އެންޑް ޓުއާސްއިން އުމްރާއަށް ގެންދިޔަ ފަރާތްތައް ދަތިހާލުގައި ޖެހުނު މައްސަލަ ބެލުމުގެ ތެރެއިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު