8 ފެބުރުވަރީ 2025

އިސްރާއީލުގެ ސިފައިން ޣައްޒާއިން ބޭލުމުގެ ތައްޔާރީތައް ފަށައިފި

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އިސްރާއީލީ ސިފައިން ޣައްޒާއިން އަނބުރާ ގެންދިއުމުގެ ތައްޔާރީތައް ފަށައިފިއެވެ. މިކަން ކުރަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ދެކުނު ކޮމާންޑުން ކުރި ހާލަތު ވަޒަންކުރުމުގެ މަސައްކަތްތަކަށް ފަހުގައެވެ.

މި ގޮތަށް ނިންމާފައިވަނީ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމާއި، އަސީރުމް ދޫކޮށްލުމުގެ އެއްބަސްވުމަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަތަރުން ބުނެފައިވަނީ މަޝްވަރާތައް މިހާރު ވަނީ ފަހު މަރުހަލާގައި ކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

އިސްރާއީލީ ސިފައިންގެ ކޮރެސްޕޮންޑެންޓް އިތައި ބްލުމެންތަލް ވަނީ، ސަލާމަތީ ވަސީލަތަކަށް ހަވާލާދީ، ހަނގުރާމަ ހުއްޓުވުމާއި އަސީރުން ދޫކޮށްލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، އިސްރާއީލީ ސިފައިން ރަފާ ކްރޮސިންގ އާއި ނެޓްޒަރިމް އަދި ފިލަޑެލްފިއާ މަގުތަކުން އަނބުރާ ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ. އަދި އިސްރާއީލުން ވަނީ ޣައްޒާ ވަށައިގެން އަލުން ސިފައިން އަތުރާލުމަށާއި، މި އެއްބަސްވުމުގެ ދަށުން ގާތްގަނޑަކަށް 1 ކިލޯމީޓަރުގެ ބަފަރ ޒޯނެއް ޤާއިމުކުރުމަށް ރާވާފައިވާ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

އިސްރާއީލީ ސަރުކާރުގެ ސިޔާސީ މަސްދަރަކުން ބުނެފައިވަނީ، ހަމާސް ހަމައެކަނި ސިފައިންގެ ހައްލަކުން ބަލިކުރެވޭނެ ކަމަށް އިސްރާއީލަށް ޤަބޫލުނުކުރެވޭ ކަމަށެވެ. އަދި ހަމާސްއިން ގެއްލުނު ފައިޓަރުންނާ އެއްވަރަށް އަލުން ފައިޓަރުން ރެކްރޫޓްކުރެވިފައިވާ ކަމަށްވެސް އެ މަސްދަރުން ބުނެފައިވެއެވެ.

އިސްރާއީލުގެ ކުރީގެ ސަލާމަތީ ކައުންސިލުގެ ވެރިޔާ ގިއޯރާ އައިލެންޑް ވަނީ، ޣައްޒާއާ ގުޅުންހުރި ހުރިހާ ކަމެއްގައި އިސްރާއީލު ނާކާމިޔާބުވެފައިވާ ކަމަށާއި، ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލުކުރެވިފައިނުވާ ކަމަށް އިޢުތިރާފުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު