ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމްތަކަކާއެކު ފެނުނު ފިރިހެނެއްގެ މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިއަދު ހެނދުނު ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމްތަކަކާއެކު ދިވެހި ފިރިހެނަކު ފެނިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހުން މިވަގުތު ދަނީ ހަރަކާތްތެރިވަމުންނެވެ. އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ވާހަކަ ފުލުހުން ވަނީ ހާމަކޮށްފައެވެ.