ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާ ޕާކެއް ތަރައްޤީކުރަމުންދާ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.
ހުޅުމާލެ އަކީ ރައްޔިތުންނަށް ހިތްފަސޭހަ އަދި އުފާވެރި މާޙައުލަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ވިނަރެސް ފްލެޓް ސަރަހައްދުގައި އައު ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޓީމުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް މުނިފޫހިފިލުވުމަށާއި ހަށިހެޔޮކަން ދެމެހެއްޓުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.