އާސަންދަ މެދުވެރިކޮށް ކިޑްނީ ޓްރާންސްޕްލާންޓްގެ ޚިދުމަތް ޔޫއޭއީގައި ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިފިއެވެ.
އާސަންދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިވަޢުދުފުޅުގެ ދަށުން އާސަންދަ މެދުވެރިކޮށް ޔޫއޭއީގައި ހަމަޖައްސާފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ބޭނުންވެފައިވާ މިހުންގެ ތެރެއިން އެފުރުސަތު ފަހިވެފައި ނެތް މީހުންނަށް އެކަން ކުރެވޭނެ އިންތިޒާމުކަމަށެވެ.
މީގެއިތުރުން، އެހެން ޤައުމުތަކުންވެސް ބޭސްކުރާތާ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް އިތުރު އޮޕީނިއަންއެއްގޮތަށް އިތުރު ޤައުމަކުން ޚިދުމަތް ހޯދޭނެ މަގުފަހިކުރުމަށް ތައިލެންޑުގެ ހޮސްޕިޓަލްތަކާއެކު އާސަންދަ ޚިދުމަތް ފުޅާވެގެން ދިޔައީކަމަށް އާސަންދައިން ވިދާޅުވެއެވެ.
އަދި މި ދެޤައުމުގައި އާސަންދަ ދިނުމުގައިވެސް މިހާރުވެސް އާސަންދައިގެ އުސޫލުގެ ދަށުން ފޯރުކޮށްދޭ ބޭހުގެ ޚަރަދާއި، ޓިކެޓު އަދި ހުރުމާއި ކެއިންބުއިމުގެ ޚަރަދުތައް ލިބޭނެކަމަށް އާސަންދައިން ވިދާޅުވެއެވެ. ހަމައެއާއެކު ޔޫއޭއީއަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްދާ ޑޯނާއަށްވެސް ޓިކެޓާއި ހުރުމުގެ ޚަރަދު ހަމަޖެހިގެންދާނެކަމަށް އާސަންދައިން ވިދާޅުވެއެވެ.
އާސަންދައިގެ ޚިދުމަތް ފުޅަކޮށް، ޔޫއޭއީއާއި ތައިލެންޑުން ބޭސްފަރުވާގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އާސަންދައޭ ކިޔައިގެން ފޮނިބައިސާ ކަނޑާއިރު ކުރިންލިބެމުންއައި ތައިރޮއިޑުބޭސް މިހާރު މިޖެހެނީ ގަންނަން. ދާއިމީކޮށް ބޭސްކާންޖެހޭ ކިތަށްމީހުންތޯ ބޭނުންކުރާބޭސްތައް ނުލިބިގެން އެއުޅެނީ؟؟؟