8 ފެބުރުވަރީ 2025
ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) ގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން، ފޮޓޯ: އޭޕީ

ނަތަންޔާހޫގެ މައްޗަށް ނެރެފައިވާ އަމުރަށް އިސްރާއީލުން ހުށަހަޅާފައިވާ އިއުތިރާޒު ބާޠިލުކުރުމަށް ގޮވާލައިފި

ނަތަންޔާހޫގެ މައްޗަށް ނެރެފައިވާ އަމުރަށް އިސްރާއީލުން ހުށަހަޅާފައިވާ އިއުތިރާޒު ބާޠިލުކުރުމަށް އައި.ސީ.ސީގެ ޕްރޮސެކިއުޓަރ ގޮވާލައިފިއެވެ.

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) ގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކުރިއަށްދާ ތަޙުޤީޤަށް އިސްރާއީލުން ހުށަހަޅާފައިވާ އިއުތިރާޒު ބާޠިލުކުރުމަށް ފަނޑިޔާރުންނަށް ގޮވާލައިފައެވެ.

ފާއިތުވި އަހަރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ސެކިއުރިޓީ ވަޒީރުގެ މައްޗަށް އިންސާނިއްޔަތާ ޚިލާފު ކުށުގެ ތުހުމަތުގައި އަރެސްޓް ވޮރަންޓް ނެރުމާ ގުޅިގެން، އެ ކޯޓުގެ އިޚްތިޞާޞްއާ މެދު އިސްރާއީލުން ހުށަހެޅި އިސްތިއުނާފަށް ރައްދު ދެމުން، ޕްރޮސެކިއުޓަރ ޚާން ވަނީ އޭނާގެ ރަސްމީ ޖަވާބު ހޯމަ ދުވަހު ހުށަހަޅާފައެވެ.

ނަތަންޔާހޫ ވަނީ އަރެސްޓް ވޮރަންޓަކީ "ޤައުމުތަކުގެ ތާރީޚުގައި ކަޅު ދުވަހެއް" ކަމުގައި ސިފަކޮށް، މި ތުހުމަތުތަކާ ދެކޮޅަށް ވަކާލާތުކުރާނެ ކަމަށް ބުނެފައެވެ.

ޕްރޮސެކިއުޓަރ ޚާން ހުށަހެޅި 55 ޞަފްޙާގެ ޖަވާބުގައި، އައި.ސީ.ސީ އުފެއްދި ރޯމް ސްޓެޓިއުޓުން، ކުށްކުރި ފަރާތްތަކުގެ އަޞްލު ޤައުމަކަށް ބެލުމެއް ނެތި، މެންބަރު ޤައުމުތަކުގެ ސަރަޙައްދުގައި ހިންގާ ކުށްތައް ތަޙުޤީޤުކުރުމުގެ ބާރު އެ ކޯޓަށް ލިބިދޭކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ނިންމުމެއް އަންނަ މަސްތަކުގެ ތެރޭގައި ނިންމާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު