ޅެންވެރިންގެ ޝުޢޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގުދައްކައިދީ، ދަރިންގެ ކިބައިގަ މަތިވެރި އަޚުލާގު ދިރުވައި އާލާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ހުރިހާ ޅެންވެރިންނަށް ހެޔޮއެދުންތައް ފޮނުވައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިޒު ވިދާޅުވީ ޅެންވެރިންގެ ޝުޢޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގު ދައްކައިދީ، މަތިވެރި އަޚްލާޤު ދިރުވައި އާލާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހި ޅެންވެރީންގެ ދުވަހުގެ ގޮތުގައެވެ. ޅެންވެރީންގެ ދުވަހެއް ރާއްޖޭގައި ފާހަގަކުރެވެން ފެށީ 1989 ވަނަ އަހަރުއެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.