8 ފެބުރުވަރީ 2025

ޣައްޒާގައި ހުއްޓުމަކަށް އައި ހަނގުރާމައިގެ ކްރެޑިޓް ލިބެންވީ ކާކަށް؟ ބައިޑަންގެ ހައިރާންކުރުވަނިވި ޖަވާބު

ޣައްޒާގައި ހުއްޓުމަކަށް އައި ހަނގުރާމައިގެ އެއްބަސްވުމަށް ވާސިލުވުމަށް އޭނާއާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓީމު މަސައްކަތްކޮށްފައިވަނީ "އެއް ޓީމެއްގެ" ގޮތުގައި ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ދެންމެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވަނީ ޣައްޒާގައި ހުއްޓުމަކަށް އައި ހަނގުރާމައިގެ އެއްބަސްވުމަށް ވާސިލުވުމަށް އޭނާއާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓީމު މަސައްކަތްކޮށްފައިވަނީ "އެއް ޓީމެއްގެ" ގޮތުގައި ކަމަށެވެ.

ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުން ނިމި ބައިޑަން މާލަން ދޫކުރައްވަނިކޮށް، މި އެއްބަސްވުމުގެ ކްރެޑިޓް ލިބެންވީ އޭނާއަށްތޯ ނުވަތަ ޓްރަމްޕަށްތޯ ސުވާލުކުރެވުނެވެ. މިއަށް ޖަވާބު ދެއްވަމުން ބައިޑަން އެނބުރިވަޑައިގެން "ތީ ޖޯކެއްތަ؟" މިހެން ވިދާޅުވެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައިޑެން މި މޭރުމުން ވާހަަކަދައްކަވާފައިވާއިރު، ފާއިތުވި 15 މަސް ދުވަހު ފަލަސްޠީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލައި އަސީރުން ބަދަލު ކުރުމަށް ޔަހޫދީ ދައުލަތާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމާއެކު ޣައްޒާގެ ނަސްލު ނައްތާލުމަށް ކުރުމަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ނިމުމަކަށް އަންނާނެ ކަމުގެ އުންމީދު ވަނީ އައު ވެފައެވެ.

ޔަހޫދީ ފައުޖުން ޣައްޒާގައި ޢުދުވާން ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ޢުދުވާން ފަށާފައި ވަނީ އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ. އެ ދުވަހު ޙަމާސުން ވަނީ 250އެއްހާ މީހުން ރަހީނުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު