8 ފެބުރުވަރީ 2025
އައްޑޫގައި ބޭއްވި ތަމްރީން ޕްރޮގްރާމުގެ ތެރެއިން

ހިތަދޫގައި، ނުރައްކާތެރި ކެމިކަލްތަކާއި ކުނި ރައްކާކުރުމާބެހޭ ތަމްރީނެއް

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނުރައްކާތެރި ކެމިކަލްތަކާއި ކުނި ރައްކާކުރާ ވަގުތީ މަރުކަޒުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ) އަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީނުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޖުމްލަ 46 އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ތަމްރީނުގެ މަޤްޞަދަކީ ނުރައްކާތެރި ކުނި އެއްކުރުމާއި، އުފުލުމާއި އަދި ރައްކާކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރި އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން ނުރައްކާތެރި ކުންޏާ ގުޅޭ މަސައްކަތްތައް ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމް ނިމުމުން، ބައިވެރިން އެސްއޯޕީގެ އުސޫލުތަކަށް އަހުލުވެރިވެ، އެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު