8 ފެބުރުވަރީ 2025
ފޮޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

"ދަނޑު ފަނގު" ގެ ނަމުގައި ރޭޑިއޯ ޕްރޮގްރާމެއް!

ދަނޑުވެރިކަމަށް ޚާއްސަކޮށްގެން "ދަނޑު ފަނގު" ގެ ނަމުގައި ރޭޑިއޯ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުން މިއަދު ފެށުމަށް ހަމަޖެހިފައިވާ "ދަނޑު ފަނގު" ޕްރޮގްރާމް ގެނެސްދޭ ގޮތަށް ހަމަޖެހިފައިވަނީ ކޮންމެ އަންގާރަ ދުވެހެއްގެ މެންދުރުފަހު 2:00 ން 3:00 ށް، ށެވެ.

ޖުމްލަ 25 ޕްރޮގްރާމް ގެނެސްދޭގޮތަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި 3 ސެގްމަންޓް އެއް ގެނެސްދޭއިރު ފުރަތަމަ ސެގްމަންޓްގައި އޮންނާނީ އެދުވަހަކަށް ޚާއްސަކުރެވިފައިވާ މަޢުލޫއަށް ވާހަކަ ދެއްކުމެވެ. ދެވަނަ ސެގްމަންޓްގައި ގަސްގަހަށް އަދި ކުދިޖަނަވާރަށް ޖެހޭ ބަލިތަކާއި ދެވިދާނެ ފަރުވާ އާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި އެއަށްފަހު އެހުންތެރިންގެ ސުވާލުތަކަށް ފަންނީ ބޭފުޅުންގެ ޖަވާބު ދެއްވުން ވެސް ކުރިއަށް ދާނެއެވެ.

ދިވެހިރާއްޖޭގެ އަޑާއި، މި ވުޒާރާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ޒަމާނީ ގޮތްތަކާއި، ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހި ދަނޑުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް މަގުދައްކައިދިނުމުގެ މަޤްސަދުގައި ގެނެސްދޭ ޕްރޮގްރާމެކެވެ.

ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމާއި، ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ކާބޯތަކެތީގެ ނިސްބަތް އިތުރުކުރުމާއިއެކު އެތަކެއްޗަކީ ރައްކާތެރި ގޮތުގައި އުފެއްދޭތަކެތިކަމުގައި ހެނދުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު