8 ފެބުރުވަރީ 2025
މުހައްމަދު ޒާހިދު

ޒާހިދާއި ސަލާހް އީސީއަށް އައްޔަންކުރަން މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދެ ބޭފުޅުންގެ ނަން، މަޖިލީހުގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.

އީސީގެ މެންބަރުކަމަށް ދެ ބޭފުޅުން އައްޔަންކުރުމާ މެދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ދެ ބޭފުޅުން ވެސް މެންބަރުކަމަށް އައްޔަންކުރަން ވޯޓުގައި ބައިވެރިވެވަޑައިގެން 68 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.އީސީގެ މެންބަރުކަމަށް ފޮނުއްވާފައިވާ ދެ ނަމަކީ:

  • މުހައްމަދު ޒާހިދު
  • އަބްދުއްރަހްމާން ސަލާހް ރަޝީދު 

އީސީގެ ދެ މަގާމެއް ހުސްވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ގާނޫނާ ޚިލާފު އެތައް ކަމެއް ކުރިކަމުގެ ބޮޑެތި ތުހުމަތުތަކާ އެކު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް ވަނީ މަގާމުން ވަކިކުރުމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު