8 ފެބުރުވަރީ 2025

ބްރޯޑްކޮމްއަށް ސަރާހަތުއާއި މުހައްމާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުޙައްމާ) އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު ޢިއްޒަތު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި، މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ ނަންތަކަށް ވޯޓަށް އެހުނެވެ. މި ވޯޓުގައި ސަރާހަތު އެ މަޤާމަށް އައްޔަނުކުރުމަށް 68 މެންބަރުން ތާއީދުކުރެއްވިއިރު، މުޙައްމަދު ޢަބްދުﷲ އައްޔަނުކުރުމަށް 58 މެންބަރުން ވޯޓު ދެއްވިއެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ރިޕޯޓުގައި، އާމިނަތު ސަރާހަތު ޢިއްޒަތު 89 އިންސައްތައާއެކު އެންމެ މަތިން މާކްސް ލިބިވަޑައިގެން ލިސްޓުގެ އެއްވަނައިގައި ހިމެނިފައިވެއެވެ.

ދެވަނައިގައި 84 އިންސައްތައާއެކު ހިމެނިފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ ޝިފްޒާ މުޞްޠަފާއެވެ. އަދި މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ގެ ނަން އޮތީ ލިސްޓުގެ ތިންވަނައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު