8 ފެބުރުވަރީ 2025

ހާލަންޑް، މެންޗެސްޓަރ ސިޓީއާއެކު 2034 އާ ހަަމައަށް

މެންޗެސްޓަރ ސިޓީގެ ސްޓްރައިކަރ އާލިންގ ހާލަންޑް ކުލަބާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ 9.5 އަހަރުގެ މުއްދަތަށް ވެފައިވާ އެއްބަސްވުމެކެވެ.

ޑޭވިޑް އޯންސްޓީން ރިޕޯޓުކުރި ގޮތުގައި މި އެއްބަސްވުމުގެ ހުރިހާ ލިޔެކިޔުންތަކެއް ވަނީ ފުރިހަމަކޮށް ނިމިފައެވެ. މި އެއްބަސްވުމުގެ ދަށުން ނޯވޭގެ ތަރި ހާލަންޑަށް ލިބޭ މުސާރައަކީ މެންޗެސްޓަރ ސިޓީގެ ތާރީހުގައި ދެވޭ އެންމެ މަތީ މުސާރައެވެ. މިއާއެކު ފުޓްބޯޅަ ދުނިޔޭގައި އެންމެ މަތީ މުސާރަ ލިބޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިން ހާލަންޑްގެ އެއްބަސްވުމުގައި ހިމެނުނު ރިލީސް ކްލޯސްތައް ވަނީ އުވާލެވިފައެވެ. ނަމަވެސް 2029 ވަނަ އަހަރުން ފެށިގެން އާ ރިލީސް ކްލޯސްއެއް ހިމެނޭނެއެވެ. މި ކްލޯސްގެ އަދަދު މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.

މި އެއްބަސްވުން ނިމޭއިރު ހާލަންޑްގެ އުމުރުން 34 އަހަރު ފުރޭނެއެވެ. 23 އަހަރުގެ ނޯވީޖިއަން ސްޓްރައިކަރ ވަނީ މެންޗެސްޓަރ ސިޓީއާއެކު ފާއިތުވި މޫސުމުގައި ރެކޯޑުތަކެއް ޤާއިމްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު