8 ފެބުރުވަރީ 2025
އިސްރާޢީލުގެ ކެބިނެޓް ބައްދަލުވުން, ފޮޓޯ: އޭޕީ

ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުގެ 24 މިނިސްޓަރުން ތާއީދުކުރި، 8 މިނިސްޓަރުން ދެކޮޅު

އިސްރާއީލުގެ ސަރުކާރުން، ފަލަސްތީނުގެ މުޖާހިދުންނާއެކު ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ އެއްބަސްވުމަށް ރަސްމީކޮށް އެއްބަސްވެއްޖެއެވެ. މިއީ އިސްރާޢީލުގެ ސެކިއުރިޓީ ކެބިނެޓުން މިކަމަށް ހުއްދަ ދިނުމަށްފަހު ނިންމާފައިވާ ނިންމުމެކެވެ.

އެކްސިއޯސްގެ ރިޕޯޓުގައިވާ ގޮތުން، އިސްރާއީލުގެ 24 މިނިސްޓަރުން މި އެއްބަސްވުމަށް ތާއީދުކުރާއިރު، 8 މިނިސްޓަރުން މިކަމާ ދެކޮޅު ހަދާފައިވެއެވެ. މިއީ ޣައްޒާގައި ހިންގަމުންދާ ޢުދުވާނު ފެށިތާ 470 ވަނަ ދުވަހު ލިބިފައިވާ ކުރިއެރުމެކެވެ.

އަސީރުން ދޫކޮށްލުމާ ގުޅޭގޮތުން ފަލަސްތީނުގެ ފަރާތަކުން އަލް މައިދީން އަށް ހާމަކުރި ގޮތުގައި، ފަލަސްތީނު މުޖާހިދުން ދޫކޮށްލާ ކޮންމެ އަންހެނެއް ނުވަތަ ކުޑަކުއްޖެއްގެ މުޤާބިލުގައި އިސްރާއީލުގެ ޖަލުތަކުން ފަލަސްޠީނުގެ 30 އަސީރުން ދޫކޮށްލެވޭނެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މި އެއްބަސްވުން ފާސްކުރިކަން ކަށަވަރުކޮށްދީފައިވެއެވެ. އިސްރާއީލީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި އެއްބަސްވުން އަމަލީ ސިފަ އަންނާނީ އާދީއްތަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު