8 ފެބުރުވަރީ 2025
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް

ދިވެހިންނަކީ ނާތަހުޒީބު ބައެއްކަން ދައްކަން އުޅުމަކީ ދަށު ދަރަޖައިގެ ޢަމަލެއް: ނައިބު ރައީސް

ދިވެހިންނަންނަކީ ނާތަހުޒީބު ބައެއްކަން ދައްކަން އުޅުމަކީ ދަށުދަރަޖައިގެން ޢަމަލެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ ސިޔާސީ ފަރާތަކުން މީޑިއާއެއްގައި ވާހަކަދައްކަވަމުން މަގުމަތިން ވެރިކަން ވައްޓާލަން ރައްޔިތުން ނިކުންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކެވުމާ ގުޅިގެންނެވެ.

މީސްމިޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މިވާހަކަތަކަށް އިޝާރާތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ބިނާކުރަނިވި ފާޑުކިއުމަށް ޖާގަ ދެއްވާ ބޭފުޅެއް ކަމަށެވެ.

އަދި މި ސިފައަކީ ޤައުމަށް އަދި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ފާޑުކިޔުމުގެ ނަމުގައި ދިވެހިންނަކީ ނާތަހުޒީބު އަދި ޑިމޮކްރެސީއާއި ދުރުބައެއްކަން ދައްކަން އުޅުމަކީ، ދަށު ދަރަޖައިގެ ޢަމަލެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރައްޔިތުންނަށް ހަޖޫޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި އެއްވެސް ސިޔާސީ ފަރާތަކަށް ސިޔާސީ ގޮތުން ހައްޔަރުކޮށް ދައުވާ ނުކުރައްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު