"ފިޔަ ކުރުވާހަކަ" ލިޔުމުގެ މުބާރާތުން އެއްވަނަ ތ. މަޑިފުށި އާމިނަތު ޝީޒާ ހޯދައިފިއެވެ.
މި މުބާރާތަށް 35 ފަރާތަކުން ވަނީ ވާހަކަ ހުށަހަޅާފައެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"ފިޔަ ކުރުވާހަކަ" ލިޔުމުގެ މުބާރާތުން އެއްވަނަ ތ. މަޑިފުށި އާމިނަތު ޝީޒާ ހޯދާފައިވާއިރު، މި މުބާރާތުގެ ދެވަނަ ހޯދާފައިވަނީ، ލ. އިސްދޫ، ފާޠިމަތު ރާނިޔާ ލަޠީފް އަދި ތިންވަނަ ހޯދާފައިވަނީ، އއ. މަތިވެރި، ރަމީޒް ބިން ޙަސަން އެވެ.
މި މުބާރާތުގެ މަޤްޞަދަކީ ދިވެހި އަދަބިއްޔާތަށާއި، ދިވެހި ބަހުން ކުރުވާހަކަ ލިޔުމަށް މީހުން އިތުރަށް ޝައުޤުވެރިކުރުވުމަށާއި، އެ ރޮނގުން ލިޔުންތެރީންތަކެއް އުފެއްދުމަށާއި، ދިވެހިބަހުން ލިޔެފައިވާ ފެންވަރު ރަނގަޅު ކުރުވާހަކަތަކެއް ދިވެހި ދަރީންނަށް ލިބި ދިނުމެވެ.
ކުރުވާހަކަތައް ހުށަހަޅާފައިވަނީ، 1 ނޮވެންބަރު 2024 ގެ ނިޔަލަށެވެ.
އިންސާފުކުރުމުގައި ބަލާފައިވާ މިންގަނޑު
- ޙަޔާތުގެ ތަޞައްވުރު ކުރުވާހަކައަކުން ގެނެސްދީފައިވާ ގޮތް (ހާދިސާ ކިޔައިދީފައިވާ ގޮތް، ވާހަކައިގެ ރޭވުން) – %30
- ޢިބްރާތްކުރުން ( ޖުމްލަ ހަމަޖެހުން/ ޢިބާރާތް ހަމަޖެހުން، ބަހުގެ ގަވާއިދަށް ފެތިފައިހުރުމާއި، އިމްލާ ކުށް ނެތުން) – %25
- އުފެއްދުންތެރިކަން (ވާހަކައިގެ ޚިޔާލު ނުވަތަ ކޮންސެޕްޓުގެ އާކަމާއި، ޝައުޤުވެރިވާ ގޮތަށް ހުށަހަޅައިދީފައިވާ މިންވަރު)- %23
- ވާހަކައިގެ އަސަރު (ކިޔާމީހާއަށް ވާހަކައިން ކުރާ އަސަރު، ކިޔާ މީހާ ޝައުޤުވެރިކުރުވާ މިންވަރު، ވާހަކަ ކުރުވާހަކައަކަށް ވާ މިންވަރު) – %22
މުބާރާތުގެ ވަނަތަކާއި އިނާމު:
- އެއްވަނައަށް: ލެޕްޓޮޕެއް
- ދެވަނައަށް: ޓެބްލެޓެއް
- ތިންވަނައަށް: ބުލޫޓޫތު ސްޕީކަރެއް
މުބާރާތުގައި ބައިވެރިކުރާ ވާހަކަތައް ޝާއިޢުކުރުން:
މި މުބާރާތަށް ހުށަހަޅާ ކުރުވާހަކަތަކުގެ ތެރެއިން "ފިޔަ އޮންލައިން"އިން ޝާއިޢުކުރާން ބޭނުން ވާހަކަތައް ޝާއިޢުކުރުމުގެ ޙައްޤު "ފިޔަ އޮންލައިން"އަށް އޮންނާނެއެވެ. މިކަން ވާނީ މުބާރާތް ބޭއްވުމުގެ ކުރިން ހާމަކޮށްފައެވެ.
ޓެލެގްރާމް ޗެނެލަށް ވެންނެވުމަށް: