ރޯދަ މަހަށް ޚާއްޞަކޮށްގެން "ފިޔަ މަދަޙަ 1446″ ބާއްވަން ނިންމައިފިއެވެ.
މި މުބާރާތުގެ މަޤްޞަދަކީ، ދިވެހި ދަރީންގެ ހިތްތަކުގައި އިސްލާމީ ވަޙްދަތު ވަރުގަދަކުުރުމާއި، މަދަޙަ ކިއުމުގެ ފަންނު ދިރުވާ އާލާކުރުމެވެ.
"ފިޔަ މަދަޙަ" އަށް މަދަޙައިގެ ވީޑިއޯ ރިކޯޑިންގ ފޮނުވާނީ ފެބުރުވަރީ 20 އިން ފެށިގެން މާރިޗު 20 ގެ ނިޔަލަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް:
- މަދަހައިގެ ރިކޯޑިން (ހަމައެކަނި ވީޑިއޯ) ފޮނުވާނީ، ޓެލެގްރާމް މެދުވެރިކޮށް ފިޔަ އޮންލައިންގެ ނަންބަރު: 9362983 އަށެވެ.
- މަދަޙައިގެ ރިކޯޑިންގ ގޮތުގައި ފޮނުވާ ވީޑީއޯއަކީ ފިޔަ އޮންލައިންގެ މިލްކެކެވެ.
- ޗެލެންޖުގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
- ބައިވެރިވުމަށް ފިޔަ އޮންލައިންގެ ފޭސްބުކް ޕޭޖް، އިންސްޓަގްރާމް ޕޭޖަށް ލައިކްކޮށް އަދި ފޮލޯކޮށް، ފިޔަ އޮންލައިންގެ ޓެލެގްރާމް ޗެނަލްއާ ގުޅެންޖެހެއެވެ. އެ ހިސާބުން މި މުބާރާތަށް ރަޖިސްޓްރީ ވެވުނީއެވެ.
- މިއީ ހުރިހާ އުމުރަކަށް ވެސް ހުޅުވާލާފައިވާ މުބާރާތެކެވެ.
- 18 އަހަރު ނުވާ ކުޑަކުއްޖެއްނަމަ، މަތީގައިވާ ސްޓެޕްތައް ފުރިހަމަކުރައްވާނީ އެކުއްޖެއްގެ ބެލެނިވެރިއެކެވެ.
- ފޮނުވާ ވީޑީއޯ ރެކޯޑިންތައް ފިޔަ ފޭސްބުކް ޕޭޖް، އިންސްޓަގްރަމް އަދި ޓިކް ޓޮކަށް އަޕްލޯޑު ކުރާނެއެވެ.
- ވީޑިއޯ ފޮނުވާ ފަރާތުން އެދުނު ކަމުގައި ވިޔަސް ވީޑިއޯ ޕޯސްޓް ކުރުމަށްފަހު ރީމޫވް ނުކުރެވޭނެއެވެ. ރިމޫވް ކުރަންޖެހިއްޖެ ޙާލަތެއްގައި، ރިމޫވްކުރުމުގެ އިޚްތިޔާރު "ފިޔަ" އަށް ލިބިގެންވެއެވެ.
ވީޑިއޯގެ މިންގަނޑު:
- މަދަޙަ ކިޔާނީ ރާގާ ނުލައެވެ.
- މަދަޙަ ހުށަހަޅާއިރު ހުރިހާ ބައިވެރިންވެސް ތިބެންވާނީ، އަޚްލާޤީ މިންގަނޑަށް ފެތޭ ރިވެތި ހެދުމަކުން ހެދުން އަޅައި ޒީނަތްތެރިވެގެންނެވެ.
- ބައިވެރި ކުރާ މަދަހަ 4 މިނެޓަށް ވުރެ ދިގުވެގެން ނުވާނެއެވެ. އަދި 2 މިނެޓަށްވުރެ ކުރުވެގެން ނުވާނެއެވެ.
- ކިޔުންތެރިޔާގެ ވީޑިއޯ (ކިޔުންތެރިޔާގެ ޙަރާކާތްތައް ފެންނަ ގޮތަށް) ފެންނަންވާނެއެވެ. އަދި ފޮޓޯގެ ގޮތުގައި ހަމައެކަނި އަޑުއަޅައިގެން ފޮނުވާ ރިކޯޑިންގ ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.
- ވީޑިއޯ ރިކޯޑިން ފޮނުވާއިރު، މަދަޙަ ހުށަހަޅާ ފަރާތުގެ ނަމާއި، ދާއިމީ އެޑްރެސް، އަދި ރަށުގެ ނަން ހިމަނަންވާނެއެވެ.
- ހުށަހަޅާ ވީޑިއޯ ސައިޒަކީ 1:1 ރޭޝިއޯ (ހަތަރެސްކަން) އެވެ.
- ތިރީގައިވާ ބޯޑަރު ވީޑިޔާގެ "އޯވަރލޭ" އަށް ލާންވާނެއެވެ. މި ޕީއެންޖީ ފައިލް ޑައުންލޯޑްކޮށްގެން ބޭނުން ކުރެވޭނެއެވެ.
މުބާރާތުގައި ހޮވާ ވަނަތަކާއި ދޭ އިނާމު:
- ކޮންމެ ބައިވެރިޔަކަށް ސެޓްފިކެޓެއް ދޫކުރާނެއެވެ.
- މި ޗެލެންޖުގައި ގަދަ ފަހެއް ހޮވާނެއެވެ. ގަދަ ފަހަކަށް ސެޓްފިކެޓަކާއި ވަަޔަލެސް އިއާ ބަޑެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
- 1 ވަނައަށް – 4000 ރުފިޔާ އާއި ސެޓްފިކެޓް
- 2 ވަނައަށް – 2000 ރުފިޔާ އާއި ސެޓްފިކެޓް
- 3 ވަނައަށް – 1،000 ރުފިޔާ އާއި ސެޓްފިކެޓް
ވަނަވަނަ އަށް ހޮވޭ ފަރާތްތައް އިއުލާނު ކުރާނީ ފިޠުރު ޢީދު ބަންދުގައެވެ.
މާކްސް ދިނުމަށް ކަނޑައެޅިފައިވާ ގޮތް:
- ޕިޗް ހިފެހެއްޓުން – 30
- ރިދަމް – 20
- އެކްސްޕްރެޝަން – 10
- މޫޑް – 10
- އަކުރު އަދާކުރުން – 10
- ރާގު – 20
މުބާރާތް ޖަޖު ކުރާނީ 3 މެންބަރުންގެ ޖަޖިންގ ޕެނަލަކުންނެވެ.
އެހެނިހެން:
- މި މުބާރާތަށް ކޮންމެ ބައިވެރިއަކުވެސް ހުށަހަޅާނީ 1 މަދަޙައެވެ.
- އެހެން މުބާރާތަކަށް ހުށަހަޅާފައިވާ ވީޑިއޯއެއް ހުށައެއް ނޭޅޭނެއެވެ. އަދި އެހެން ފަރާތެއްގެ ލޯގޯއެއް ވީޑިއޯގައި ބޭނުންކުރެވިގެން ނުވާނެއެވެ.
- ވަނަ ހޮޮވާއިރު ޢުމުރުފުރާއަކަށް ނުބަލާނެއެވެ.
- މިކަންކަމުގެ އިތުރުން ކަމެއް ދިމާވެއްޖެނަމަ، އެކަން ޙައްލުކުރާނީ "ފިޔަ އޮންލައިން" އިންނެވެ.
- މި މުބާރާތާ ގުޅޭ ތަފްސީލާއި މަޢުލޫމާތު "ފިޔަ" ޓެލެގްރާމް ޗެނެލުގައި ޙިއްސާކުރަމުންދާނެއެވެ. (ޓެލެގްރާމް ޗެނެލްގެ ލިންކް: https://t.me/fiyaonlinenews )