8 ފެބުރުވަރީ 2025

ހާލަންޑުގެ ޖޯޑު، ކުޅިވަރު ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޒަވާޖީ ޖޯޑަކަށް ވެދާނެ ކަމަށް ލަފާކުރޭ

މެންޗެސްޓަރ ސިޓީގެ ތަރި އާރލިންގ ހާލަންޑް އަދި އޭނާގެ ގާތް ރައްޓެހި އިސަބެލް ހައުގްސެންގ ޖޮހަންސެން އަކީ ކުރިއަށް އޮތް ތަނުގައި ކުޅިވަރު ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޒަވާޖީ ޖޯޑަކަށް ވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ދަ ސަން އިން ހާމަކޮށްފިއެވެ.

މިހާރު މި މަޤާމުގައި ތިބި ޑޭވިޑް އަދި ވިކްޓޯރިއާ ބެކަމް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ރޮޑްރިގެޒް ފަދަ ޖޯޑުތަކުގެ މަޤާމު، އާރލިންގ ހާލަންޑްގެ ޖޯޑަށް ލިބިދާނެ ކަމަށް ބެލެވޭ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ހާލަންޑް އާއި އިސަބެލްގެ ގުޅުމަކީ ވަރަށް ސިއްރު ގުޅުމެކެވެ. އިސަބެލްއަކީ ވަރަށް އާދައިގެ ދިރިއުޅުމަކުން އައިސް، ކުޅިވަރާއި ފުޓްބޯޅައަށް ލޯބިކުރާ، އަމިއްލައަށްވެސް ފުޓްބޯޅަ ކުޅޭ ކުޅުންތެރިއެކެވެ. އޭނާއަކީ ރީތި އަދި ދުޅަހެޔޮ ޒުވާން އަންހެނެއް ކަމުން ގިނަ ބްރޭންޑްތަކުގެ ސަމާލުކަން ލިބޭނެ ކަމަށް ބެލެވެއެވެ.

މެންޗެސްޓަރ ސިޓީއާއެކު ހާލަންޑް ވަނީ ވަރަށް ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ މުހިންމު އެއްބަސްވުންތަކުގެ ތެރެއިން އެއްބަސްވުމެއް ކަމަށް ބެލެވެއެވެ. ނަމަވެސް މި ސީޒަންގައި ހާލަންޑްއަށް އިނގިރޭސިވިލާތުގައި ދިމާވެފައިވަނީ އެންމެ އުނދަގޫ ދުވަސްވަރެވެ. މެންޗެސްޓަރ ސިޓީއަށް މުޅި ސީޒަންގައި ރަނގަޅު ކުޅުމެއް ނުދެއްކި، ގިނަ ދުވަސްތަކަކަށްފަހު ފުރަތަމަ ފަހަރަށް ޓްރޮފީއެއް ނުލިބި ދާނެކަމުގެ ބިރު އެބައޮތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު