11 ފެބުރުވަރީ 2026

އިސްރާއީލުގެ މާލީ ހާލަތު ރަނގަޅުކުރެވޭނީ ޣައްޒާގައި ދާއިމީކޮށް ހަނގުރާމަ ހުއްޓާލައިގެން: މޫޑީސް

އިސްރާއީލުގެ އިގްތިސާދާއި މާލީ ހާލަތަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނީ  ޣައްޒާގައި ދާއިމީކޮށް ހަނގުރާމަ ހުއްޓުމަކާ ހަމައަށް ގެނައުމުން ކަމަށް މޫޑީސް ކްރެޑިޓް ރޭޓިންގ އޭޖެންސީން ބުނެފިއެެވެ. 

މިހާރު ވެފައިވާ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަކީ ވަރަށް މަދު ދުވަސްކޮޅަކަށް އަދި ވަރަށް މަދު ކަންތައްތަކަކަށް އެކުލެވޭ އެއްބަސްވުމެކެވެ.

މޫޑީސްގެ އިސް އެނަލިސްޓެއް ވިދާޅުވި ގޮތުގައި މި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުން އީރާނާއެކު ކުރިމަތިވެދާނެ ހަނގުރާމައިގެ ނުރައްކާ ކުޑަވެ، ރަތު ކަނޑުގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލެވި، ދުނިޔޭގެ ސަޕްލައި ޗެއިންއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަވެގެންދާނެއެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު މޫޑީސްއިން ވަނީ އިސްރާއީލުގެ ކްރެޑިޓް ރޭޓިންގ A2 އިން Baa1 އަށް ދަށްކޮށްފައެވެ. އަދި 2024 ސެޕްޓެމްބަރުގައި މޫޑީސްއިން ފާހަގަކުރި ގޮތުގައި ހަނގުރާމައިގެ ސަބަބުން އިތުރުވެފައިވާ ޚަރަދުތަކާއި، އިސްރާއީލުގެ މުއައްސަސާތަކުގެ ފެންވަރު ދަށްވުމާއި، މާލީ ހިންގުން ދަށްވުމުގެ ސަބަބުން ގައުމުގެ ކްރެޑިޓް ވަރދިނަސްއަށް ނޭދެވޭ އަސަރު ކޮށްފައިވެއެވެ.

ފިޗް ރޭޓިންގސްއިން ފާހަގަކުރި ގޮތުގައި ހަނގުރާމަ ހުއްޓުމުން އިސްރާއީލުގެ ކްރެޑިޓް ޕްރޮފައިލްއަށް ކުރިމަތިވެފައިވާ ފިއްތުންތައް މަދުވި ނަމަވެސް، ސަލާމަތީ އަދި އިގްތިސާދީ ގޮންޖެހުންތައް އަދިވެސް ދެމިއޮތްކަން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު