8 ފެބުރުވަރީ 2025

ލެމީނާއަށް ޓްރާންސްފާގެ މުއްދަތުގައި ކުޅުން މަނާ

ވުލްވްސްގެ މިޑްފީލްޑަރު މާރިއޯ ލެމީނާ ކުލަބު ދޫކޮށްލަން ބޭނުންވާތީ، މި ޓްރާންސްފަރ ވިންޑޯގައި އޭނާ އެއްވެސް މެޗެއްގައި ނުކުޅުވާނެ ކަމަށް ކޯޗު ވިކްޓަރ ޕެރޭރާ ހާމަކޮށްފިއެވެ. މިގޮތުން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ލެމީނާ ވަނީ ނުކުޅެއެވެ.

ދެ އަހަރު ކުރިން 5 މިލިއަން ޕައުންޑަށް ވުލްވްސްއަށް ގެނައި ލެމީނާ ހޯދުމަށް ސައުދީ ޕްރޯ ލީގުގެ އަލް ޝަބާބުން ވަނީ ހިލޭ ޓްރާންސްފަރއެއްގެ ގޮތުގައި އެދިފައެވެ. ނަމަވެސް ވުލްވްސްއިން އަދި މިކަމަށް އެއްބަސްވެފައެއް ނުވެއެވެ.

ޕެރޭރާ ބުނެފައިވަނީ ޝައްކު އުފެދޭ ކުޅުންތެރިން ލައްވާ ކުޅުވަން ބޭނުން ނުވާ ކަމަށާއި، ޓީމަށް ފުރިހަމައަށް ކޮމިޓްވާ ކުޅުންތެރިން ބޭނުންވާ ކަމަށެވެ.

ލެމީނާ ޓްރޭނިންގގައި ބައިވެރިވިޔަސް، އޭނާގެ ވިސްނުން އެހެން ތަނެއްގައި އޮތުމާއެކު، ޓްރާންސްފަރ މާކެޓް ނިމޭ 3 ފެބްރުއަރީއާ ހަމައަށް އޭނާ ހަދާގޮތެއް ބަލަން މަޑުކުރާނެ ކަމަށް ޕެރޭރާ ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު