8 ފެބުރުވަރީ 2025
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް

ބައްސާމްގެ ޕެންޓްހައުސް އަތުލި މައްސަލައަށް ހައި ކޯޓުގެ ބެންޗުންވެސް ތާއީދު

އެފްއޭއެމްގެ ފައިސާއިން ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ ޕެންޓްހައުސް އަތުލުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބަލައިނުގަތުމަށް ނިންމައިފިއެވެ.

މި މައްސަލައިގައި ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވެފައިވަނީ މިފަދަ އަމުރެއްގެ މައްސަލަ ފުރަތަމަ ހުށަހަޅަންޖެހޭނީ އަމުރު ނެރުނު ދަށު ކޯޓަށް ކަމަށާއި، އިސްތިއުނާފުކުރަން ޖެހޭނީ ރިވިއުކުރި ގޮތް ކަމަށެވެ. ނަމަވެސް ހައި ކޯޓުގެ އިސް ފަނޑިޔާރު މުޙައްމަދު ޝަހީދު ވަނީ ތަފާތު ރައުޔެއް ފާޅުކުރައްވާފައެވެ.

މި މައްސަލައިގެ ފަހަތުގައިވަނީ ކޮވިޑް-19 ގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަތުމަށް ފީފާއިން އެފްއޭއެމަށް ދޫކުރި ލޯނު ފައިސާއިން ބައްސާމް ދެ ޕެންޓްހައުސް ގަތްކަމުގެ ތުހުމަތެވެ. މިހާރު ހައި ކޯޓުން މައްސަލަ ބަލައިނުގަތުމާ ގުޅިގެން، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ދެމިއޮތުމަށް މަގުފަހިވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު