8 ފެބުރުވަރީ 2025
ނަބަވީގެ މުންނާރެއް

މަނަދޫ އަޒީގެ ޅެންހާރު: މީކިޔޭ ނަޣުމާއޭ

*ރާގު! ނީންދްނަ މުޖްކޯ އާޔޭ ….

އޯ މީކިޔޭ ނަޣުމާއޭ ސާފު ހިތުގެ ދުޢާއޭ
އުފެދި ހިތުގައި އާވެގެންދާ އެންމެރީތި ސަނާއޭ
(އޯ މީކިޔޭ ނަޣުމާއޭ)
ޞަލަވާތްތަކުގެ ގުލްހާރުތައް ޞަލަވާތްތަކުގެ ގުލްހާރު 2
އަތުރާލާމަލުން ފަރި ދަސްތާތަކުން މީ ދެންނެވޭ ތުޙްފާއޭ
(އޯ މީކިޔޭ ނަޣުމާއޭ)
ތާރީފުގައި ތަކުރާރުވާ ތާރީފުގައި ތަކުރާރު 2
ތިޔަމާތްސާހިބާ ނަންފުޅުގައިއޮހޭ މީ އެންމެހެޔޮ ޒިކްރާއޭ
(އޯ މީކިޔޭ ނަޣުމާއޭ)
ތިޔަސާހިބާ އަރިހަށްއިތުރު ތިޔަސާހިބާ އަރިހަށް 2
ނިޔަތާ އަދި ދުލުން ލޮބުވެތިވީހިތުން މީ ދެންނެވޭ ލަހުޖާއޭ
(އޯ މީކިޔޭ ނަޣުމާއޭ)

22 ޖަނަވަރީ 2025
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *