8 ފެބުރުވަރީ 2025
ހިރިޔާ ސްކޫލު--. ފޮޓޯ: މިހާރު

ހިރިޔާ ސްކޫލްގައި ބޭއްވި މުބާރާތެއްގައި ފުޓުބޯޅަ ކުޅެނިކޮށް ބެލެނިވެރިޔަކު ނިޔާވެއްޖެ

މާލޭގެ ހިރިޔާ ސްކޫލުގައި ބޭއްވި މުބާރާތެއްގައި ފުޓްބޯޅަ ކުޅެނިކޮށް ބެލެނިވެރިއަކު ކުއްލިއަކަށް ރޭ ނިޔާވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ހިރިޔާ ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމުކުރި ކުޅިވަރު ހަރަކާތެއްގައި މިރޭ ކުޅެވުނު ފުޓްސަލް މެޗެއް ނިމުނު ފަހުން ދަނޑުމަތީ އޮށޯތް ބެލެނިވެރިޔަކަށް ސިއްހީ މައްސަލައެއް ދިމާވިކަން ފާހަގަކުރެވިގެން ވަގުތުން ކައިރީގައި ހުރި އައި.ޖީ.އެމް.އެޗަށް ގެންދެވުނުކަން ސްކޫލުގެ ފަރާތުން އެ މިނިސްޓްރީ އަށް ވަނީ އަންގާފައެވެ.

އެނގިފައިވާ ގޮތުގައި ބެލެނިވެރިންނަށް ޚާއްސަ ކޮށްގެން އެ ސްކޫލުގެ ގޯތިތެރޭގައި ބޭއްވި މުބާރާތުގައި ފުޓުބޯޅަ ކުޅެނިކޮށް ވެއްޓި ނިޔާވީ އުމުރުން 30-40 އަހަރާ ދެމެދުގެ ފިރިހެނެކެވެ.

"މި ބެލެނިވެރިޔާ ނިޔާވެފައިވާކަން ހިތާމަތާއެކު ދަންނަވަމެވެ. މިކަމުގައި އާއިލާ އާއި ސްކޫލަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން މި މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދެމުން ގެންދާނެއެވެ." މިނިސްޓްރީގެ މެސެޖުގައި ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު