8 ފެބުރުވަރީ 2025

ސުވާލަކީ މިއީ ތައުބާވުން ކަމަށް ވާނެތޯ؟

ސުވާލު:

ގަސްދުގައި ކުށް ކުރަނީ. އޭގެ ފަހު ތައުބާވަނީ. އަނެއްކާވެސް މާ ބޮޑު ކަމަކަށް ނަހަދާ ހަމަ ކުށް ކޮށްލަނީ އުފަލާ އެކު. ދެންވެސް ތައުބާވަނީ. އެތައް ފަހަރަކު މިހެން ކަންތައް ކޮށްފި. އެއްޗެއް ބުނީމާ ބުނަނީ ތިމަންނަ ކުށަށް ތައުބާވާމޭ. ތައުބާވާށޭ ޖެހޭނީ. އަބަދުވެސް ތައުބާވާމޭ.
ސުވާލަކީ މިއީ ތައުބާވުން ކަމަށް ވާނެތޯ؟

ޖަވާބު:
ތައުބާވުމުގެ ޝަރުޠުތަކުގެ ތެރޭގައި ދެން އެފަދަ ކަމެއް ނުކުރުމަށް އަޒުމް ކަނޑައެޅުން ހިމެނެއެވެ. ވީމާ، ތަކުރާރުކޮށް ކުރާނަމަ ތައުބާވެވޭ ގޮތް ކަމުނުދަނީއެވެ.

ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަޠީފް

މަސްދަރު: އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސް

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު