ޤައުމީ ސީނިއަރ އަންހެން ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި އެކަމަށް ޝައުގުވެރިވާ މީހުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ މިއީ ޤައުމީ ޓީމަށް ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމުގެ ގޮތުން ހުޅުވާލާފައިވާ ފުރުސަތެއް ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ، މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ހުނަރުވެރި ވޮލީ ކުޅުންތެރިން އެބަތިބި ކަމަށާއި، ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެފަދަ ކުޅުންތެރިންނަށް ފުރުސަތުދިނުމުގެ ގޮތުންކަމަށެވެ.
ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންނަށް، މި މަހުގެ 26 އަދި 27 ވަނަ ދުވަހު ހެނދުނު 8 އިން 11 އަށް ސޯޝަލް ސެންޓަރުގެ އިންޑޯރ ހޯލުގައި އޮންނަ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެއެވެ.
ރާއްޖޭގެ އަންހެން ވޮލީ ކުޅުންތެރިންނަކީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ސަރަހައްދީ ފެންވަރުގައި ކުރިއަރަމުން އަންނަ ކުޅުންތެރިންތަކެވެ.