8 ފެބުރުވަރީ 2025

ހަމަކަށަވަރުން ދުލަކީ ހަށިގަނޑުގެ ދޮރުފަތެވެ.

إمام أَبُو عَبْدِ اللَّٰهِ وَهْبُ بْنُ مُنَبِّهِ الْأَبْنَاوِيُّ الذِّمَارِيُّ الصَّنْعَانِيُّ الْيَمَانِيُّ (114ހ.) ވިދާޅުވިއެެވެ:

«لقمان ގެ حِكمة ގައި، އެބޭފުޅާގެ ދަރިކަލުންނަށް އެބޭފުޅާ ވިދާޅުވިއެވެ:

އޭ އަހުރެންގެ ދަރިފުޅާއެވެ.

عِلم ރަނގަޅެވެ. އަދި އެ (عِلم)، حِلم އާ އެކުގައި މާ ރަނގަޅެވެ.

އަދި ހަނުހިމޭންވުން ރަނގަޅެވެ. އަދި އެ (ހަނުހިމޭންވުން)، حِكمة އާ އެކުގައި މާ ރަނގަޅެވެ.

އޭ އަހުރެންގެ ދަރިފުޅާއެވެ.

ހަމަކަށަވަރުން ދުލަކީ ހަށިގަނޑުގެ باب އެވެ. (އެބަހީ: ދުލަކީ ހަށިގަނޑުގެ ދޮރު ކަމުގައެވެ.)

ފަހެ އެހެންކަމުން، ތިބާގެ ހަށިގަނޑު هَلاك ކޮށްލާ ފަދަ އެއްޗެއް، ނުވަތަ ތިބާގެ ربُّ ގެ ރުޅިވެރިކަން ތިބާގެ މައްޗަށް އަތުވެދާނޭފަދަ އެއްޗެއް، ތިބާގެ ދުލުން ނުކުމެދާނެކަމަށް ތިބާ ސަމާލުވެ ހުށިޔާރުވާށެވެ.»

 [الحلم لابن أبي الدنيا: ١/‏٦٣، العقل وفضله لابن أبي الدنيا:١/‏٦٦]

ނޯޓު: ދުލަކީ إنسان އާގެ އެތެރޭގައިވާ ކަންތައްތައް ފާޅުކޮށް ހާމަކޮށްދޭ وسيلة އެކެވެ. އަދި އޭގެ ذريعة އިން، ހެޔޮކަމާއި ނުބައިކަން، إنسان އާގެ حياة އާއި ދިރިއުޅުމުގެ ތެރެއަށް ވަދެގެންދެއެވެ. ފަހެ އެހެންކަމުން، ހޭލުންތެރިކަމެއް ނެތިވެ މި ދޮރު ހުޅުވާ މީހާ، އޭނާގެ އަމިއްލަ نفس، فساد އަށް ހުށަހަޅައިދެއެވެ. އަދި ވިސްނުމެއްނެތި އެ ދޫ ދޫކޮށްލާ މީހާ، هلاك ވުމަށް މަގުފަހިވެދާނޭ ބަސްތަކެއް އޭނާއަށް ބުނެވިދެއެވެ.

އެހެންކަމުން، ދޫ ހިފެހެއްޓުމަކީ، ގެއެއްގެ ދޮރު ލައްޕައިލާ ބަންދުކުރުންފަދަ ކަމެކެވެ. އެއީ އޭގެ ވެރިފަރާތް ނުރައްކަލުން سلامة ކޮށްދީ، أمان ކަން ދޭ ކަމެކެވެ. ފަހެ ދުލަކީ، މީހާގެ އެތެރޭގައި ހުރި ކަންތައްތަކުގެ ލޯގަނޑެކެވެ. އަދި އެ ހިފެހެއްޓުމަކީ، حكمة ތެރިކަމާއި ކާމިޔާބީއަށް އޮތް މަގެކެވެ. ނަމަވެސް އެއްވެސް ހިފެހެއްޓުމެއްނެތި އެ ދޫ ދޫކޮށްލުމަކީ، ގެއްލުމާއި هلاك ވުމަށް މަގުފަހިވެގެންދާނޭ ކަމެކެވެ.

——————————————

މިއީ، ޓެލެގްރާމް ޗެނަލް "ފައިދާ" އަށް ޕޯސްޓްކޮށްފައިވާ ލިއުމެކެވެ. މިލިއުމުގެ އަސްލު، ޓެލެގްރާމް ޗެނެލް "ފައިދާ" އިން ބަލައިލެވޭނެއެވެ. މި ލިއުން ޝާއިޢުކޮށްފައި މިވަނީ އެފަރާތުގެ އިޒުނައާއެކުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު