ރުހުމުގެ حالة ގައިވެސް އަދި ނުރުހުމުގެ حالة ގައިވެސް، ﷲ ގެ رسول ﷺ حق ނޫނީ حديث ނުކުރައްވަތެވެ.
🖋️ إمام أَبُو عَبْدِ اللَّٰهِ عَمْرُو بْنُ شُعَيْبِ بْنِ مُحَمَّدِ بْنِ عَبْدِ اللَّٰهِ بْنِ عَمْرِو بْنِ العَاصِ القُرَشِيُّ السَّهْمِيُّ الحِجَازِيُّ المَدَنِيُّ (118ހ.) އަރިހުން ވެއެވެ. އެއީ އެބޭފުޅާގެ ބައްޕާފުޅުގެ އަރިހުން، އެބޭފުޅާގެ ކާފާފުޅުގެ އަރިހުންނެވެ: [އެބަހީ: أَبُو عَبْدِ الرَّحْمَنِ عَبْدُ اللَّٰهِ بْنُ عَمْرِو بْنِ العَاصِ – رَضِيَ اللَّٰهُ عَنْهُمَا – (65ހ.) ގެ އަރިހުން ކަމުގައެވެ:]
«އަހުރެން [އެބަހީ: عَبْدُ اللَّٰهِ بْنُ عَمْرِو بْنِ العَاصِ] ބުނީމެވެ: އޭ ﷲ ގެ رسول އެވެ. ކަލޭގެފާނުގެ އަރިހުން އަހުރެން އަޑުއަހާ ކޮންމެ އެއްޗެއް އަހުރެން ލިޔަންވީ ހެއްޔެވެ؟
އެކަލޭގެފާނު حديث ކުރެއްވިއެވެ: އާދޭހެވެ.
އަހުރެން [އެބަހީ: عَبْدُ اللَّٰهِ بْنُ عَمْرِو بْنِ العَاصِ] ބުނީމެވެ: ރުހުމުގައާއި އަދި ނުރުހުމުގައިވެސް (އެ ދެ حالة ގައިވެސް) ހެއްޔެވެ؟
އެކަލޭގެފާނު حديث ކުރެއްވިއެވެ: އާދޭހެވެ.
ފަހެ ހަމަކަށަވަރުން އެކަމުގައި (އެ ދެ حالة ގައިވެސް) ތިމަންކަލޭގެފާނު حَقُّ ނުމެ ނޫނީ ނުބުނަމެވެ.»
[رواه أحمد: ٢/ ١٩٦٢، ١٩٢، رواه الدرامي: مقدمة: ٤٣، ١/ ١٢٥، رواه أبو داود: علم: ٣، تأويل مختلف الحديث لابن قتيبة: ١/٤١١، ٤١٦/١، المستدرك للحاكم النيسابوري: ١/ ١٠٥، التمهيد لابن عبد البر: ٤/٢٢١، الاستيعاب في معرفة الأصحاب لابن عبد البر: ٣/٩٥٧، الاستذكار لابن عبد البر: ٦/٤٣٣، تقييد العلم للخطيب البغدادي: ١/٧٧، ومشكاة المصابيح للخطيب التبريزي: باب المزاح برقم: ٤٨٨٥، تهذيب الكمال للمزي: ٣١/ ٣٨]